ދޮންފަނު.. ފޮޓޯ: ގޫގުލް
ހަބަރު
11 Sep 2025 | 10:31
ދޮންފަނު ކައުންސިލުން އެރަށު ފަރު ސަރަހައްދުގައި މުޒާހަރާ ކުރުމަށް ނިންމައިފި

ސަރުކާރުން ދޮންފަނުގެ ބިން ހިއްކުން ކުރިއަށްނުގެންދިއުމަށް ނިންމުމުން، ދޮންފަނު ކައުންސިލުން އެރަށުގެ ފަރު ސަރަހައްދުގައި  މުޒާހަރާކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން ދޮންފަނު ކައުންސިލުން މިއަދު ހެނދުނު ގެޒެޓްކުރި އިއުލާނެއްގައި ވަނީ އެރަށު ފަރު ސަރަހައްދުގައި މުޒާހަރާ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. މި އިއުލާނުގައި ދޮންފަނު ކައުންސިލުން ބުނެފައިވަނީ، އިހުތިޖާޖުކުރުމަށް ނިންމީ، ދޮންފަނު ބިންހިއްކުމަށްޓަކައި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ޕްރޮޖެކްޓުން ބިންހިއްކުމުގެބައި އުނިކޮށް ބިން ނުހިއްކާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން ކަމަށެވެ.

ދޮންފަނު ކައުންސިލުން ބުނީ މޫސުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުޒާހަރާތައް ކުރިއަށްދާނީ، ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައިކަމަށެވެ. މިއީ ސިލްސިލާކޮށް ކުރިއަށްގެންދާނޭ މުޒާހަރާތަކެއް ކަމަށްވެސް ބުންޏެވެ.

ކައުންސިލުން ބުނީ މުޒާހަރާ ކުރިއަށްދާއިރު، ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނުވާތީވެ، މިއަދުންފެށިގެން ދޮންފަނު ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސްފަރާތަކުން ފީނުމާއި އަދި ޑައިވުކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި އެންގުމާ ހިލާފުވާފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުންދާނެވާހަކަވެސް ދޮންފަނު ކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ބ. ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ނިންމަވާފައެވެ. "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރައްވާނެ ކަންކަމާ ބެހޭ ވަޢުދުތައް ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަންކަމަށް އެދުމުން ކަމަށާއި އެގޮތުން މިހާރު އެ މަސައްކަތްކުރުމަށް ރައްޔިތުން ބޭނުންނުވާކަން ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް އެނގިފައިވާކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވިނަމަވެސް ދޮންފަނު ކައުންސިލުން ވަނީއެރަށުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިއުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިން ހިއްކުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއު ނުހިންގަން ނިންމީ މަޝްވަރާ ވެސް ނުކޮށް ކަމަށް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދޮންފަނު ކައުންސިލުން ވަނީ ބުނެފަ އެވެ.

ދޮންފަނު ބިން ހިއްކަން ނިންމުމާއި ގުޅިގެން އެ ރަށާއި ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ދޮންފަނު ހިއްކުމުން އަސަރުކުރާނެ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތަނަކީ ބައޮސްފެއާ ރިޒާވްއަކަށް ވާއިރު، އެތަނަކީ މުޅި ދުނިޔެއިން ވެސް ވަރަށް މަދުން ފެންނަ ފަދަ މަންޒަރުތައް ފެންނަ ސަރަހައްދެކެވެ. 539 ހެކްޓަރުގެ ބޮޑު ސަރަހައްދަކީ ފެހުރިއްސާއި އެންމަޑި ފަދަ ތަކެތި ކާނާ ހޯދުމަށް ޖަމާވާ ތަނެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ