ކުޅުދުއްފުށީ ފަރުމައްޗަށް ބީއްސާލާފައި އޮތް ބާޖު... ފޮޓޯ: ދާއޫދު
ހަބަރު
11 Sep 2025 | 13:24
ކުޅުދުއްފުށީ ފަރުމައްޗަށް ބީއްސާލާފައި އޮތް ބާޖުނަގަން 14 ދުވަސް ދީފި

ހދ.ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރުމައްޗަށް ބީއްސާލާފައި އޮތް ބާޖު ނެގުމަށް އޭގެ ވެރިފަރާތަށް 14 ދުވަހުގެ މުހުލަތެއް ސިވިލްކޯޓުން އިއްޔެ ދީފިއެވެ.

ބާޖު ނުނަގައިގެން އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅީ ދިވެހި ދައުލަތުގެ ފަރާތުން އެންވަޔަރަމަންޓަލް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭ) އިންނެވެ. އީޕީއޭއިން ސިވިލްކޯޓުގައި މި މައްސަލާގައި ދައުވާކޮށްފައިވަނީ ބާޖު ގަނެފައިވާ ފަރާތްކަމަށްވާ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކޮމްޕެނީއާ ދެކޮޅަށެވެ.

އީޕީއޭއިން ކުރި ދައުވާގައި ވަނީ އެ ބާޖު އެތަނުގައި އެގޮތަށް އޮތުމުން އެސަރަހައްދުގެ ވެއްޓަށް ގެއްލުންލިބި، އެ ފަރަށް ލިބެމުންދާ ގެއްލުންތައް ރައްކާތެރިކުރުމުގެ އިތުރުން ކުޅުދުއްފުށި އެއަރ އޮޕަރޭޗަންތައް ކުރިއަށްގެންދިއުމަށްވެސް ދަތިވާކަން ފާހަގަކޮށްފައެވެ. އީޕީއޭއިން ވަނީ ބާޖު ނެގުމަށް ތަކުރާރުކޮށް އެކުންފުންޏަށް އަންގާފައެވެ. ނަމަވެސް މިއަދާހަމަޔަށް އާއިރުވެސް ބާޖު ނެގުމުގެ މަސައްކަތް ފަށާފައިނުވާކަން އީޕީއޭއިން ފާހަގަކުރިއެވެ. 

އެހެންކަމުން އީޕީއޭއިން ސިވިލްކޯޓަށް ހުށަހެޅި އެ ދައުވާގައި ވަނީ ބާޖާއި ބާޖުން އެ ސަރަހައްދަށް އެޅިފައި ހުރި ހިލަތަށް ނެގުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ކޯޓުން ވަނީ، އީޕީއޭއިން އެދިފައިވާގޮތަށް އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ބާޖު ނެގުމަށް ހުކުމްކޮށްފައެވެ. ސިވިލްކޯޓުން މި ހުކުމްކޮށްފައިވަނީ ބީއެމްސީ ސްލިޕްވޭގެ ޢައިރު ހާޒިރުގައެވެ.

ކުޅުދުއްފުށީ ވަރަށް އެ ބާޖު އަރާފައިވަނީ މީގެ ދެއަހަރެއްހާ ދުވަސްކުރިން 2023 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ