އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ހަބަރު
11 Sep 2025 | 13:58
ކުރީ ސަރުކާރޭ ކިޔަން ޖެހެނީ މި ސަރުކާރުގެ ވާހަކަ ދައްކާތީ: ވަޒީރު ސަޢީދު

މި ސަރުކާރުން އަބަދު "ކުރީ ސަރުކާރުގެ" ވާހަކަ ދައްކަނީ އެ ފަރާތްތަކުން ވެސް މި ސަރުކާރުގެ ވާހަކަތައް ދައްކާތީ ކަމަށް އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ 23 ބާވަތުގެ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވުމާ ގުޅިގެން އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިދިޔަ ސަރުކާރުގެ ބައެއް އިޤްތިސާދީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބްލެކް މާކެޓާއި ޑޮލަރުގެ އަގަށް އައި ބަދަލުތަކާއި މި ސަރުކާރުގެ ބައެއް އިޤްތިސާދީ ފިޔަވަޅުތަކުގެ ވާހަކަ ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ކުރިން ޕްރޮފޯމާ އިންވޮއިސްތަކަށް ނުވަތަ ޓީޓީތަކަށް ބޭންކުތަކުން ޑޮލަރު ދޫކުރަނީ އެ އިންވޮއިސް ނުވަތަ ޓީޓީއެއްގެ ފަސް އިންސައްތަ އާއި 10 އިންސައްތައާއި ދެމެދުގެ އަދަދަކަށް ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ބޭންކުތަކުން 50 އިންސައްތައާ ހަމައަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބްލެކް މާކެޓަށާއި ޑޮލަރަށް އެހާ ބޮޑު އަސަރެއް ކުރީ، މިދިޔަ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ތިން އަކުރެއްގައި "ތަޅު އަޅުވައި" 8 ބިލިއަން ރުފިޔާ ޗާޕުކުރުމުންނެވެ.

މީގެ ކުރިން ވެސް އޮތް ބްލެކް މާކެޓު. ބްލެކް މާކެޓު އުފެދިގެން އައި ގޮތާއި މި ކަންކަމުގެ ޑިބޭޓަށް ނުގޮސް އަޅުގަނޑު ދަންނަވާލާނަން ހަމަ މިދިޔަ 10 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަޖިލިސް މެންބަރުންގެ ގޮތުގައި ތިބެގެން އަޅުގަނޑުމެން ހާދަހާ ބޮޑަކަށް މިވާހަކަ ދެއްކީމޭ ތިހެން ނަހަދާށޭ، ޤާނޫނު ތަޅުލާފައި ފައިސާ ޗާޕު ނުކުރާށޭ ތިވަރަށް

 އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ އެކަމުގެ ކަންވޮޑުވުން އޭރުގެ މަޖިލިސް މެންބަރުން ގޮތުގައި ތިއްބަވައިގެން، އޭރުގެ އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމް އަށް ސިޓީގެ ޒަރިއްޔާއިން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އެގޮތުން އެފަދައިން ފައިސާ ޗާޕުކުރާނަމަ ޑޮލަރުގެ އަގު 28 ރުފިޔާއިން 20 ރުފިޔާއަށް އަރައިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް އޭރު ވެސް ވިދާޅުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ތިން އަކުރެއް ތަޅުލާފައި 8 ބިލިއަން ރުފިޔާ ޗާޕުކުރީ، އަޅުގަނޑު ހުންނާނެ ސިޓީ ފޮނުވާފައި އެމްއެމްއޭގެ އޭރުގެ ގަވަރުނަރަށް އަޅުގަނޑުމެން އާދޭސްކުރިން ތިހެން ތިކަން ނުކުރާށޭ. ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ވެރިކަމުގައި 18 ރުފިޔާއިން 20 ރުފިޔާއަށް ޑޮލަރު އަރައިގެން ދިޔުމުގެ ފުރުސަތު އެބައޮތޭ އެހެންވީމާ ތިބޭފުޅުންގެ ނޫހުގައި ވެސް ހެޑްލައިން ހުންނާނެ އެ ވާހަކަ. އަޅުގަނޑުމެން ދައްކައިގެން. އަޅުގަނޑުމެން އާދޭސް ކުރިން އެކަން ނުކުރާށޭ. 

 އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އެއާއެކު ވަޒީރު ވިދާޅުވީ، މިއަދު އެ ފަރާތްތައް އިދިކޮޅުގައި ތިބެ، މި ސަރުކާރުން އަބަދު "ކުރީ ސަރުކާރޭ" ކިޔާތީ ކަންބޮޑުވި ނަމަވެސް، އެކަން މި ސަރުކާރުން ކުރަނީ އެ ފަރާތްތަކުން "މި ސަރުކާރޭ" ކިޔާތީއެވެ. އަދި އެއްވެސް ބަޔަކު "ސަރުކާރޭ" ނުކިޔާނަމަ، އެހެން ނުކިޔާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެބޭފުޅުން އެބަ ވިދާޅުވޭތާ އަބަދު ނުކިޔާށޭ ކުރީ ސަރުކާރޭ. އެހެންވީމާ އަޅުގަނޑުމެން މިހާރު ކުރީ ސަރުކާރޭ ނުކިޔަން. އެކަމަކު ކުރީ ސަރުކާރު ކިޔަން ޖެހެނީ މި ސަރުކާރޭ ކިޔާތީ. މި ސަރުކާރޭ ކިޔަންޏާ ކުރީ ސަރުކާރުގެ ވާހަކަ ކިޔަން ޖެހޭނެ ނޫންތޯ. އެހެންވީމާ އެއްވެސް ބަޔަކު ސަރުކާރޭ ނުކިޔަންޏާ އެއްވެސް ބަޔަކު ނުކިޔާނެ ސަރުކާރެއް.

 އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވިދާޅުވީ، ރައީސް މުޢިއްޒު ހުވާކުރެއްވި ރައްޔިތުންގެ ތަކިލީފުތަކަށް ޙައްލު ހޯއްދަވައިދެއްވަން ކަމަށެވެ. އެގޮތުން ސަރުކާރުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ 23 ބާވަތުގެ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ނިންމީ ވެސް، ރައްޔިތުންނަށް ހެޔޮ ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަޤްސަދުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ