އައިއޭސީން މި ފަހަރު ކުރިއަށް ގެންދާނީ ފެންވަޅު ޕްރޮޖެކްޓެއް
ރިޕޯޓް
15 Sep 2025 | 17:08
އައިއޭސީން މި ފަހަރު ފެންވަޅު ޕްރޮޖެކްޓެއް: ލޯބިވާ މީހުންނަށްޓަކާ ދެމިގެންދާ ހެޔޮ އަމަލެއް ކުރަމާ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާ މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދިވެހީންގެ އެހީ ފޯރުކޮށް ދެމުންދާ އައިއޭސީން މި ފަހަރު ފެށުމަށް ހަމަޖެހިފައިވަނީ ފެންވަޅު ޕްރޮޖެކްޓެކެވެ.

އައިއޭސީގެ "ވޯޓާ ވެލް ޕްރޮޖެކްޓް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ސާފު ފެން ނުލިބޭ މީހުންނަށް ފެން ލިބޭނެ އިންތިޒާމު ފަހިކުރުމަށްޓަކައި ފެންވަޅުތަކެއް ބެހެއްޓުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ އެވެ.

މިއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ. ވަކީން ހާއްސަކޮށް ތިމާ ލޯބިވާ މީހުންނަށްޓަކައި ކޮށްދެވޭނެ މިއީ ވަރަށް ހެޔޮ އަމަލެކެވެ.

އައިއޭސީން މި ފަހަރު ކުރިއަށް ގެންދާނީ ފެންވަޅު ޕްރޮޖެކްޓެއް

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އެ މީހުންގެ ލޯބިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ ވަކިވެ ގޮސްފައިވާ މީހުންނެވެ. ނޫންނަމަ ލޮލުގެ ކޮއެފަދަ ދަރީން ނުވަތަ ހަޔާތުގެ ބައިވެރީން ވަކިވެ ގޮސްފައިވާ މީހުން ވެ އެވެ.

އެ މީހުން ވަކިވެ ދިޔަނަމަވެސް އަހަރެމެންގެ ހިތުގައި އެ މީހުންނަށްޓަކައި އޮތީ ހާއްސަ ލޯތްބެކެވެ. ހެޔޮ ދުއާތައް ވަނީ އެކުގަ އެވެ. ކޮންމެ ރެއަކާއި ދުވާލު އެތައް ފަހަރު އެ މީހުންނަށްޓަކައި ހެޔޮ ދުއާ ކުރެވެ އެވެ. 

ފެންވަޅު ޕްރޮޖެކްޓްގައި ބައިވެރިވެ އެ މީހުންނަށްޓަކައި ފެންވަޅެއް ބަހައްޓައިދީފިނަމަ އެ ކޮށްދެވެނީ ދެމިގެންދާނެ ހެޔޮ އަމަލެކެވެ. އެންމެ ލޯބިވާ މީހުންނަށްޓަކައި މިއަދު ކޮށްދެެވޭނެ އެންމެ މުހިންމު ކަމަކަށް އެކަން ވެގެންދާނެ އެވެ. އެ ފުރުސަތު މިއަދު ތިބާއަށް އެބަ އޮތެވެ.

އައިއޭސީން މި ފަހަރު ކުރިއަށް ގެންދާނީ ފެންވަޅު ޕްރޮޖެކްޓެއް

އައިއޭސީގެ ފެންވަޅު ޕްރޮޖެކްޓްގެ ބޭނުމަކީ އެ ފުރުސަތު ތިޔަ އަހުންނާއި އުހުތުންނަށް ފަހިކޮށް ދިނުމެވެ. ފެންވަޅެއް ބަހައްޓަން ބޭނުންނަމަ އެ ފުރުސަތު މި އޮތީ ފަހިވެފަ އެވެ. ފިހާރައަކަށް ގޮސް އެެއްޗެއް ގަނެ ފައިސާ ދައްކާލާހާ ފަސޭހަކޮށް މިއަދު މިކަން ކޮށްލެވޭނެ މަގު މި އޮތީ ތަނަވަސްވެފަ އެވެ.

އައިއޭސީން އެކަމަށް ހާއްސަ ލިންކުން ފެންވަޅުގެ އަގުތަށް ފެންނާނެ އެވެ. އެ ލިންކު އައިއޭސީގެ ޕޭޖްތަކުން ފެންނަން ހުންނާނެ އެވެ.

ފެންވަޅާ ބެހޭ މައުލޫމާތު ސާފުކުރުމަށް 9458822 އަށް ގުޅުމަށް އައިއޭސީއިން އެދެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.