ޕޯސްޓަރ/ އުރީދޫ
ވިޔަފާރި
16 Sep 2025 | 13:39
އުރީދޫ އޭއައި ޗެޓްބޮޓް މެދުވެރިކޮށް މިމަހު ރަންނަމާރިއާ ޗެޓްކޮށްލެވޭނެ

އުރީދޫ މޯލްޑިވްސްއިން މިއަހަރަށް ނެރެފައިވާ ހާއްސަ ކަލަންޑަރު، އަދި އޭއައިއޭ ޗެޓްބޮޓް މެދުވެރިކޮށް މިހިނގާ ސެޕްޓެމްބަރުމަހުގެ ތެރޭައި ރަންނަމާރިއާ ޗެޓްކޮށްލެވޭނެއެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ. ސެޕްޓެމްބަރު މަހުގެ ފީޗަރ ކުރެވިފައިވާ ކެރެކްޓަރުގެ ގޮތުގައި ރަންނަމާރި ކަނޑައެޅިފައިވާއިރު، ރަންނަމާރިއަކީ ދިވެހި ތި ތާރީޚުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ.

އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރައެވެ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައެވެ. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރެއެވެ.

މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއް އައުމުންނެވެ. އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެކެވެ. އަންހެން ކުއްޖަކު ޤުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅިއެވެ. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ޤުރުއާން ކިޔަވަމުންނެވެ. ރަންނަމާރި ކައިރިވެ ޤުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔައެވެ. އަދި އެއަށްފަހު ދުވަހަކުވެސް ނާދެއެވެ.

އުރީދޫ އޭއައި ޗެޓްބޮޓް ފަރުމާކޮށްފައިވަނީ ރަންނަމާރިއާ ބޭނުން ސުވާލެއް ކުރެވޭ ގޮތަށެވެ.

އަހަރުގެ ފެށުމުގައި ތަޢާރަފުކުރެވުނު އުރީދޫ ކަލަންޑަރުން ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރެއެވެ. ކޮންމެ މަހަކު އައު ކެރެކްޓަރެއް ހާމަކުރެވެއެވެ. އަދި ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނޭކަމަށް އުރީދޫއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.