އަލަށް އުފަންވި ކުއްޖަކަށް ފަރުވާ ދެނީ -- ފޮޓޯ: އިންޓަރނެޓް
ހަބަރު
17 Sep 2025 | 11:27
ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދުވަސްނުފުރާ ވިހެއުން ވަރަށް ގިނަކަން ފާހަގަކުރެވޭ: ޑރ. ޝަަޒްމާ

މާބަނޑުވާ ވަރަށް ގިނަ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަކުރު މަތިވުން އަދި ލޭގެ ޕްރެޝަރު މަތިވާ ކަމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ދުވަސްނުފުރާ ވިހެއުން ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށް އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ފާތިމަތު ޝަޒްމާ ރަމީޒް ވިދާޅުވެއްޖެއެވެ.

ސިއްޚީ ވުޒާރާ އާއި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗް) ގުޅިގެން މިއަދު ބޭއްވި ޕޭޝަންޓް ސޭފްޓީ ފްރޮމް ދަ ސްޓާޓް: ސޭފް ކެއާ ފޯ އެވެރީ ނިއުބޯން އެންޑް އެވެރީ ޗައިލްޑްގެ ޕެނަލް ޑިސްކަޝަންގައި މާބަނޑު ދުވަސްވަރު ދިމާވާ ބައެއް ކަންކަންތައްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަޒްމާ ވަނީ، މިފަހަކަށް އައިސް އެކި ސަބަބުތަކާ ހުރެ ނަމަވެސް، ދުވަސްނުފުރާ ވިހެއުން ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބަލިވެ އިންނަ ދުވަސްވަރު ހަކުރު މައްޗަށް ދިޔުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ފަދަ ކަންކަމަކީ ވަރަށް ޢާންމު ކަންތައްތައް ކަމަށާއި، އެކަންތައްތަކުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދުވަސް ނުފުރާ ވިހެއުމަށް ވަރަށް އަސަރުކުރާ ކަމަށް ޑރ. ޝަޒްމާ ވިދާޅުވިއެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން ދަރިފުޅަށް ނުވަތަ މައިމީހާއަށް އޮންނަ ނުރައްކަލުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ދުވަސް ނުފުރާ ވިއްސަން ވަރަށް ގިނަ ފަހަރު ޖެހޭ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ލައިފްސްޓައިލް ހުންނަ ގޮތުން އޯލްމޯސްޓް ވަރަށް ގިނަ ޕްރެގްރެންސީތަކުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންތައްތައް. މިކަންތައްތަކާ ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ދުވަސްނުފުރާ ވިހެއުމުން ވެސް ވަރަށް ބޮޑު ގުޅުމެއް ހުރޭ. އެއީ އެއްގޮތަކުން ބުނާ ނަމަ ބަލީގެ ސަބަބުން ދުވަސް ނުުފުރާ ލޭބާއަށް ދިޔުމުގެ ފުރުސަތު ބޮޑުވެ ނުވަތަ ބަލީގެ ސަބަބުން މައި މީހާއަށް ނުވަތަ ކުޑަކުއްޖާއަށް އޮންނަ ރިސްކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު އެބަ ޖެހޭ ދުވަސްނުފުރާ ވިއްސުވަން.

 އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ފާތިމަތު ޝަޒްމާ ރަމީޒް

ޑރ. ޝަޒްމާ ވިދާޅުވީ އެފަދަ ކަންކަން ކޮންޓްރޯލްކުރުމަށް ބަލިވެ އިންނަ ދުވަސްވަރު، އެންޓިނޭޓަލް ކްލިނިކް ނުވަތަ ސިއްޚީ ޚިދުމަތްތެރީންގެ ބެލުމުގެ ދަށުން މޮނީޓާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ޑރ. އިތުރަށް ވިދާޅުވީ، މިފަހަކަށް އައިސް ބަލިވެ އިންނަ ދުވަސްވަރު ޔޫރީން އިންފެކްޝަންތައް ހެދުން ވެސް އާންމުވެފައިވާ ކަމަށާއި، އިންފެކްޝަންތަކުގެ އަލާމާތް ވެސް ނޭނގި ވަރަށް ގިނަ ފަހަރު އިންފެކްޝަން ހެދިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. 

ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރެއިން އޯލްމޯސްޓް ވަރަށް ގިނަ ޕްރެގްނެންސީތަކުގައި ފާހަގަކުރެވޭ ޔޫރީން އިންފެކްޝަން. އެއީ އެ ބަލީގެ އަލާމާތް ވެސް ނެތިހުރޭ ވަރަށް ގިނަ ފަހަރު އިންފެކްޝަން ފާހަގަކުރެވިފައި. ޕޭޝަންޓަށް ނުއެއް އިނގޭނެ އަލާމަތް ނެތިއްޔާ ދެއްތޯ. އިންފެކްޝަން ހުންނަ ކަމެއް. ނަމަވެސް ޓެސްޓުތަކުން ބަލާއިރުގައި އެބަ ފެނޭ އިންފެކްޝަން ހުންނަކަން. ދެން ވެޖިނަލް އިންފެކްޝަން ވެސް މިއީ ވަރަށް ޢާންމު ކަންތައްތައް. 

އަންހެނުންގެ ޚާއްސަ ޑޮކްޓަރު ޑރ. ފާތިމަތު ޝަޒްމާ ރަމީޒް

މިއަދު ބޭއްވި ޕޭޝަންޓް ސޭފްޓީ ފްރޮމް ދަ ސްޓާޓް: ސޭފް ކެއާ ފޯ އެވެރީ ނިއުބޯން އެންޑް އެވެރީ ޗައިލްޑްގެ ޕެނަލް ޑިސްކަޝަންގައި މާބަނޑު ދުވަސްވަރު ދިމާވާ ވަރަށް ގިނަ ކަންކަމާ ގުޅޭ ޢިލްމީ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. މި ޕެނަލް ޑިސްކަޝަންއަކީ ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސިއްޚީ ވުޒާރާ އާއި ސިއްޚީ ވުޒާރާ އާއި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިއުއެޗް) ގުޅިގެން ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަންއެކެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި