އެމްޑީޕީގެ ލީޑާޝިޕްގެ މެންބަރުން -- ވޮއިސް ފޮޓޯ
ހަބަރު
17 Sep 2025 | 14:40
މީޑިޔާ ބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ވިސްނަނީ

އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު ބާތިލް ކުރަން ސުޕްރީމު ކޯޓަށް ދިޔުމާމެދު ގޮތެއް ނިންމަމުން ދާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެފަދައިން ބުނީ، އިއްޔެ މަޖިލީހުގެ ބޭރުގައި ހިނގި ޙާދިސާތަކުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި ނޫސްވެރިންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މައްސަލަ ހުށަހެޅުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުންނެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު މުޙައްމަދު ވިދާޅުވީ، އިއްޔެ މަޖިލީހުން ފާސްކުރީ ބާތިލު ބިލެއް ކަމަށާއި، އެ ބިލަކީ ޤާނޫނު އާސާސީ އާއި ހެދިފައިހުރި ޤަވާއިދުތަކާ ޚިލާފަށް ފާސްކުރި ބިލެއް ކަމަށެވެ.

އަދި އިއްޔެގެ މަޖިލީހުގެ ޖަލްސާ ވެސް ހިންގާފައިވަނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ކޮމެޓީ އާއި މަޖިލީހުގެ ތަޅުމުން ޤާނޫނު އަސާސީ އާއި ޤަވާއިދުތަކާއި ޚިލާފަށް ފާސްކޮށްފައިވާ ބިލަކަށް ވާތީ، އެ ބިލު ބާތިލްކުރުމަށް ސުޕްރީމު ކޯޓަށް ހުށަހެޅުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން މަސައްކަތްކުރަމުން އަންނަ ކަމަށް ސަމީރު ވިދާޅުވިއެވެ.

އަޅުގަނޑުމެން އެހެންވެ ޕީޖީ ގްރޫޕުގެ ފަރާތުން ވާނެ ދަންނަވާފައި އިއްޔެގެ ބިލާއި ދޭތެރޭގައި އެ ބިލަކީ ޤާނޫނު އަސާސީއާ ޤާނޫނާ ޚިލާފަށް މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ކަމުގައި ދެކި، އަޅުގަނޑުމެން ކޯޓަށް ދާނެ ވާހަކަ. އަދި އެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް ދަންނަވަން

 ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު މުޙައްމަދު

އެ މައްސަލަ ކޯޓަށް ހުށަހަޅަނީ މުޅި ބިލް ބާތިލްކުރައްވަންތޯ "ވޮއިސް" އިން ސުވާލުކުރުމުން މެންބަރު ވިދާޅުވީ، މިހާރު ކުރަމުންދަނީ އެ މުޅި ބިލް ބާތިލްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މިހާތަނަށް އެ ބިލުގެ ވަކި މާއްދާތަކެއް ނުވަތަ މުޅި ބިލް ބާތިލްކުރުމާ މެދު ގޮތެއް ނިމިފައިނުވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

އަދި ސުޕްރީމު ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް ބެލޭނީ އެ ކޯޓުގެ މުޅި ބެންޗު ފުރިހަމަ ވުމުންކަން "ވޮއިސް"އިން ފާހަގަކޮށް ސުވާލުކުރުމުން، މެންބަރު ވިދާޅުވީ ސުޕްރީމު ކޯޗުގެ ބެންޗު ފުރިހަމަވުމާއި ގުޅެނީ އެ މައްސަލަ ބެލުމާ ކަމަށާއި، އެކަން އެ މައްސަލަ ހުށަހެޅުމާއި ނުގުޅޭ ކަމަށެވެ. 

އެހެންކަމުން އެމްޑީޕީގެ ފަރާތުން އެ މައްސަލަ ހުށަހަޅާނެ ކަމަށާއި، އެމްޑީޕީގެ އުންމީދަކީ އެ މައްސަލައިގައި ޝަރުޢީ ފަރުވާ ލިބުން ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މެންބަރު އެފަދައިން ވިދާޅުވިއިރު، މިހާތަނަށް ވެސް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި އަޒްމިރަލްދާ ޒާހިރު އަދި މަހާޒް އަލީ ރަޝީދުގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަނުކުރައްވައިފައެއް ނުވެއެވެ. ހުސްނުއް ސުޢޫދުގެ ބަދަލުގައި އެ ކޯޓަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރައްވާފައިވީ ނަމަވެސް، ދުސްތޫރީ މައްސަލައެއް ބެލޭނެ ފަދަ ޙާލަތެއް އަދިވެސް އެ ކޯޓަކު ނެތްކަން ފާހަގަކުރެވެއެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އަދި މަހާޒް ވަކިކުރައްވައި، އެ ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުޢޫދު އިސްތިއުފާދެއްވިއިރު ވެސް އެ ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން އޭރު އެ ކޯޓަށް ވަނީ ސިޔާސީ ޕާޓީތަކުން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައެވެ. 

އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއި ގުޅިގެން މިހާތަނަށް ވެސް އެ މައްސަލައިގައި ގޮތެއް ނިންމާފައެއް އެ ކޯޓުން ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.