މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް
ހަބަރު
17 Sep 2025 | 16:28
ޢުމްރާވެރިންނަށް ލަނޑުދިން މަޝްއަރު ޖަމާއަތުގެ ވެރިޔާ ފާރިޝް، ތިން އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ޢުމްރާއަށް ގެންދިޔަ އުމްރާވެރިންތަކެއްގެ ޓިކެޓު ކެންސަލްވެ، އެމީހުން ސަޢޫދީގައި ތާށިވި މައްސަލައިގައި ދައުވާކުރި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަޝްއަރު ގުރޫޕުގެ ހަވާލުގައި ޖުމްލަ 56 މީހުން ޢުމްރާއަށް ދިޔައެވެ. ދެކޮޅު ޓިކެޓަށް ވެސް ފައިސާ ދައްކައިގެން ދިޔަ މީހުންގެ ތެރެއިން މާލެ ނާދެވި މައްކާގައި 48 މީހުންނަށް މަޑުކުރަން ޖެހުނެވެ.

އެގޮތުން އެ ޓިކެޓުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 390،126 ރުފިޔާ ނެގޭ ގޮތަށް އޭސް އޭވިއޭޝަން ސާވިސް އަށް ދޫކުރި ޗެކާއި 156،050 ރުފިޔާ ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތި ޗެކްތައް ބައުންސްވީ އެވެ.

އަދި އެއާއެކު އެ އުމްރާވެރިން އަމިއްލައަށް ޓިކެޓް ނެގުމަށް އެ ގްރޫޕުން އެންގިއެވެ. 

އެ މައްސަލައާ ގުޅިގެން އެ ގްރޫޕަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ހުއްދަ ބާތިލްކޮށް، އެ މައްސަލަ އެ ވުޒާރާގެ ފަރާތުން ފުލުހަށް ހުށަހެޅިއެވެ. އެ މައްސަލައިގައި އެ ގްރޫޕުގެ ވެރިޔާގެ ޙައިސިއްޔަތުން ފާރިޝްގެ މައްވަށް އުފުލީ  މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ފާރިޝް ބުނީ، ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި އެގޮތުން އެ މީހުން އެދުނު ގޮތަށް ފުރަތަމަ ފަހަރު 100،000 ރުފިޔާ ޖަމާކޮށްދިން ކަމަށެވެ.

އަދި ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކެއްގެ ގޮތުގައި ދޫކޮށްފައިވާ ޓިކެޓުތަކަކަށް ވާއިރު، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ކޯޓުން ކުރި ޙުކުމުގައި ބުނީ، ސްރީލަންކަން އެއާލައިނާއި ޤަތަރު އެއާލައިނުން 48 މީހުންގެ ޓިކެޓު އެ ގްރޫޕުން ނަގާފައިވާއިރު، އެ ގްރޫޕުން އެދިގެން ބުކްކުރި ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހި އެ މައްސަލައިގައި ގެއްލުން ލިބުނު ފަރާތަށް ކެންސަލޭޝަން ފީއެއް ވެސް އެއާލައިނަށް ދައްކަންޖެހުނު ކަމަށެވެ.

އެހެން ނަމަވެސް އެ އެއާލައިނަށް ދައްކަން ޖެހޭ ޓިކެޓުގެ އަގު ވެސް އޭނާ ދައްކާފައިނުވާ ކަމަށް ވެސް އެ ޙުކުމުގައި ބުންޏެވެ.

ފާރިޝްގެ މައްޗަށް އުފުލި ދައުވާތަކަށް އޭނާ ދެކޮޅު ހެދި ނަމަވެސް، އެ މައްސަލައިގެ ޙުކުމުގައި ވަނީ  ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމާއެކު، އޭނާގެ ފަރާތުޖް އޭސް އޭވިއޭޝަނާއި އޭސް ޓެރްވަލްސްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް
ނ.މ
ޢޭނަޖަލަށް ހުކުމް ކުރީމަ އަހުރެމެން އަތުން ނެގި 25000 ރ ހޯދަނީ ކިހިނެތް. ޢަދިވެސް އެލިބޭނެގޮތެއް މަގުފަހިއެއްނުވޭ
17 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި