ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވަން ޑައިކް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖެސް
ކުޅިވަރު
18 Sep 2025 | 08:54
ފަހު ވަގުތު ވެންޑައިކް ޖެހި ލަނޑުން އެތްލެޓިކޯ ގާތުން ލިވަޕޫލް ހަނި ގޮތަކަށް މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގައި ރޭ އެންފީލްޑްގައި ކުޅުނު ފޯރިގަދަ މެޗުގައި ލިވަޕޫލް އިން، އެޓްލެޓިކޯ މެޑްރިޑް އަތުން 3-2 އިން މޮޅުވެއްޖެއެވެ. މެޗް އެއްވަރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިތުރު ވަގުތުގައި ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވަން ޑައިކް ޖެހި ލަނޑުން ލިވަޕޫލް ވަނީ މޮޅުވެފައެވެ.

މެޗުގެ ފެށުނީއްސުރެ ލިވަޕޫލް ދިޔައީ މޮޅަށް ބޯޅަ ގެންގުޅެ، އަވަސް ގޭމެއް ކުޅެމުންނެވެ. މެޗުގެ ހަތަރުވަނަ މިނެޓްގައި މުހައްމަދު ސަލާހުގެ ފްރީކިކުން އެންޑީ ރޮބަޓްސަން ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި އޭގެ ދެ މިނެޓް ފަހުން ސަލާހު އަމިއްލައަށް ދެވަނަ ލަނޑު ޖެހިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކޯސް ލޮރެންޓޭ ވަނީ އެޓްލެޓިކޯއަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި 81 ވަނަ މިނެޓްގައި އޭނާ ޖެހި ދެވަނަ ލަނޑުން މެޗް ވަނީ 2-2 އިން ހަމަހަމަވެފައެވެ.

އެހެންނަމަވެސް ލިވަޕޫލުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. މެޗުގެ 92 ވަނަ މިނެޓްގައި ކޯނަރަކުން ނެގި ހުރަހަކުން ވަން ޑައިކް ބޮލުން ޖަހައި، ލިވަޕޫލް މެޗުން ކާމިޔާބުކޮށްދިނެވެ. މި ލަނޑުގެ ފަހުން އެޓްލެޓިކޯގެ ކޯޗް ޑިއެގޯ ސިމިއޯނީ ވަނީ ރަތް ކާޑު ދައްކައި މެޗުން ބޭރުކޮށްލާފައެވެ.

މި މެޗުގައި ލިވަޕޫލްގެ އައު ސޮއިކުރުން އަލެކްސަންޑަރ އިސާކް ވަނީ އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ. އޭނާއަށް ލަނޑު ޖެހުމުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ލަނޑެއް ޖެހިފައެއް ނުވެއެވ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް