ފުވައްމުލަކު ސިޓީ -- ފޮޓޯ: ވިޒިޓް މޯލްޑިވްސް
ހަބަރު
18 Sep 2025 | 09:44
ފަޔާ ޓްރަކަށް ދިމާވި މައްސަލަ ޙައްލުކޮށް ފުވައްމުލައް އެއާޕޯޓު އޮތީ އޮޕަރޭޝަނުގައި: މެނޭޖަރު

ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކަށް ރޭ ދިމާވި މައްސަލަ ޙައްލުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަނަށް އަސަރުކޮށްފައިނުވާ ކަމަށް ފުވައްމުލަކު އެއާޕޯޓުގެ މެނޭޖަރު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ރޭ އެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ގެއްލުމެއް ލިބި، އެ އެއާޕޯޓަށް ޖައްސަން އައި ފްލައިޓެއް އައްޑޫއަށް ރީޑައިރެކްޓް ކުރިކަމަށް ބުނެ ޚަބަރު ފެތުރުނެވެ. 

އެކަމާ ގުޅިގެން "ވޮއިސް" އިން ސުވާލުކުރުމުން މެނޭޖަރު ހުސައިން ވިދާޅުވީ، އެއާޕޯޓުގެ ފަޔާ ޓްރަކަށް މައްސަލައެއް ދިމާވި ނަމަވެސް ރޭ އެކަން ޙައްލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފެތުރެނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެއާޕޯޓުގެ އޮޕަރޭޝަނަށް އެކަމުގެ ސަބަބުން ބުރޫ އަރާފައިނުވާ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވި ގޮތުގައި މިއަދުގެ މިހާތަނަށް ވެސް އެ އެއާޕޯޓުގެ އޮޕަރޭޝަން ދަނީ ކުރިޔަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މި މަހުގެ ކުރީކޮޅު ވެސް ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކުގެ ބެލްޓް ފަޅައިގެން ގޮސް، ގާތްގަޑަކަށް އެއް ދުވަހަށް އެ އެއާޕޯޓު ބަންދު ކުރެވުނެވެ. އަލުން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައިފައިވަނީ އައްޑޫން ފުވައްމުލަކަށް ފަޔާ ޓްރަކެއް ގެންގޮސްގެންނެވެ. 

ފުވައްމުލައް އެއާޕޯޓް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ރީޖަނަލް އެއާޕޯޓުންނެވެ. މިދިޔަ އަހަރުތަކުގައި އެއާޕޯޓްގެ ބައެއް ތަކެއްޗަށް ބެލިފައިނެތުމުން ބައެއް ކަހަލަ އާލާތްތައް ބައުވެ މައްސަލަ ދިމާވެފައިހުރިކަން އެމްއޭސީއެލުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. ފުވައްމުލަކު އެއާޕޯޓްގެ ބަލަދުވެރި ފަރާތަކީ މިހާރު އެމްއޭސީއެލްއެވެ.

ފުވައްމުލަކަކީ ލޯކަލް ޓޫރިޒަމް ވަރަށްބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. ފުވައްމުލައް އެއާޕޯޓް ފަޔަރ ޓްރަކަށް ކުއްލިއަކަށް ދިމާވި ކަމަކުން އެއާޕޯޓް ބަންދުވުމާއެކު އެ ސިޓީއަށް ފުރަންގޮސް ތިބި ދަތުރުވެރިންނާއި އަދި މާލެ އައުމަށް ދަތުރަށް ތައްޔާރުވަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ނުފުރިފައި ތިއްބެވެ.

ކައިރި ހިސާބުތަކުން ލޯންޗުގައި ފުވައްމުލަކަށް ދަތުރުކޮށް އުޅުނު ނަމަވެސް، ދުރުހިސާބުތަކުން ފުވައްމުލަކަށް ދިއުމަށް ރައްޔިތުން ބޭނުންކުރަނީ މޯލްޑިވިއަންއެވެ. ފުވައްމުލައް އެއާޕޯޓަށް ހަމައެކަނި ދަތުރުތައް ބާއްވަނީވެސް މޯލްޑިވިއަނުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި