އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލް -- ފޮޓޯ: ވޮއިސް
ހަބަރު
18 Sep 2025 | 11:19
ވެރިކަމުގެ ފުރަތަމަ ދުވަހު މީޑިއާ ބިލު އުވާލާނަން: ފައްޔާޒު

އެނބުރި ރާއްޖެ ވެރިކަމަށް އެމްޑީޕީން އަންނާނެ ކަމަށާއި، އެގޮތުން ވެރިކަން ލިބޭ ފުރަތަމަ ދުވަހު ވެސް މީޑިޔާ ރެގިއުލޭޓްކުރާ ގޮތަށް ފާސްކުރި ބިލު އުވާލައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ، އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އެ ޕާޓިީން ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ. 

އެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި ނަމަ، އެ ޤާނޫނަށް ޢަމަލުނުކުރަން އެ ޖަލްސާގައި އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

އެގޮތުން އެ ޖަލްސާ ނިންމަވާލައްވަމުން ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ޤާނޫނު އަސާސީ "އިރާލުމަށް" ކުރި ހުރިހާ މަސައްކަތެއް އަނބުރާ އިޔާދަކުރާނެ ކަމަށާއި، ދެވަނަ ފަރާތަކަށް ޤާނޫނު އަސާސީއާ ނުކުޅެވޭ ވަރު ކުރާނެ ކަމަށެވެ. 

އެގޮތުން އެންމެ ފުރަތަމަ ވެސް އުވާލާނީ މީޑިޔާ ރެގިއުލޭޓްކުރާ ބިލު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަޅުގަނޑުމެން އަނެއްކާ ވެސް އިރާދަފުޅު ކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވެ، ރައީސް މުޢިއްޒު އެ ކުރައްވަމުންދާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަން. ޤާނޫނު އާސާސީ އިރާލުމުގެ ތެރެއިން އެ ކުރައްވާފައިހުރި މަސައްކަތްތައް އަނބުރާ އަޅުގަނޑުމެން އިޔާދަކުރާނަން. އަދި އެއަށްވުރެ ފުރިހަމައަށް އަލުން މިފަދަ މީހަކަށް އައިސް ޤާނޫނު އަސާސީއާ ނުކުޅެވޭ ވަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. މީޑިޔާ ކޮންޓްރޯލް ބިލް ހަމަ ގައިމުވެސް ފުރަތަމަ ދުވަހު އުވާލާނެ ބިލެއް. ޤާނޫނެއް.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލް

އަދި މި ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ތަކުލީފުތައް ވެސް ރަނގަޅުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ޤާނޫނު އިސްލާޙުކޮށްގެން މި ސަރުކާރުން ރާއްޖޭގައި ބޭނުންކުރުން މަނާކުރި ވޭޕުގެ އިތުރުން ސިނގިރޭޓަށް ނަގާ ޑިއުޓީ ވެސް ރައްޔިތުންގެ މަޝްވަރާއާއެކި ބަދަލުކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު އަދިވެސް ރައްޔިތުންނަށް ވެފައި ހުރި ތަކުލީފުތައް އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވެޕް މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާއެކީ ބަދަލުކުރާނެ ކަންކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލް

ފައްޔާޒް އެފަދައިން ވިދާޅުވިއިރު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު މަޖިލީހުން ފާސްކުރީ ގިނަ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އެބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. 

ހަމަ އެގޮތަށް، މިދިޔަ ސަރުކާރުން ހެއްކާބެހޭ ބިލުއެއްގެ ނަމުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ބިލެއް ހުށަހަޅައި، އެ ބިލުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތްތައް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވުމުން، އެކަމުގެ ކަންބޮޑުވުން އޭރު ވެސް ގިނަ އަދަދެއްގެ ނޫސްވެރިން ކުރިއެވެ. އެހެން ނަމަވެސް އޭރުވެސް އެ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދީ އެ މަޖިިލީހުން އެ ބިލު ފާސްކުރިއެވެ. 

އަދި އެ ބިލު ތަސްދީގުކުރައްވައި، 18 ޖެނުއަރީ 2023 އިން ފެށިގެން އެ ޤާނޫނަށް ގެންދަނީ ޢަމަލުކުރަމުންކަން ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި