ރައީސް ބިލެއް ތަސްދީގު ކުރައްވަނީ
ހަބަރު
19 Sep 2025 | 00:23
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ އޮފީސް އުފައްދައިފި

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފަ އެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު, ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެންމެ ތަސްދީޤުކުރެއްވުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ވަނީ އުވިފަ އެވެ.

ޤާނޫނުގެ ދަށުން، ކޮމިޝަން އެކުލަވައިލައި މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

އަދި މިހާތަނަށް ސިވިސް ސާވިސް ކޮމިޝަނުން ވަގުތީ ކޮމިޝަނަށް މެންބަރުން އައްޔަނުކޮށްފައިވާކަން ސާފުވެފައެއް ނުވެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު ރައީސް މިއަދު ތަސްދީގުކުރެއްވިއިރު، އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. 

އެހެންކަމުން އެ ބިލު ރައީސް ތަސްދީގުކުރައްވާފައިވަނީ މަޖިލީހުން ފާސްކުރިތާ ގާތްގަޑަކަށް 42 ގަޑިއިރު ފަހުންނެވެ. 

އެ ބިލު މަޖިލީހުން މަޖިލީހުން ފާސްކުރިއިރު، އެ ވޯޓުގައި ބައިވެރިވެފައިވަނީ މަޖިލީހުގެ ޖަލްސާއަށް ހާޟިރުވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެގޮތުން އެ ބިލާ އެއްކޮޅަށް 60 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެކަންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.