އައްޑޫސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލް
19 Sep 2025 | 15:11
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 10 ޑަޔަލިސިސް މެޝިން ގެނެސްދޭނެ ފަރާތެއް ހޯދަނީ

އައްޑޫސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 10 ޑަޔަލިސިސް މެޝިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން އިއުލާނުކޮށްފިއެވެ.

ފިނޭންސުން ކުރި އިއުލާނުގައި ބުނެފައިވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދުމުގެ މަތިން، އެ ހޮސްޕިޓަލަށް ބޭނުންވާ 10 ޑަޔަލިސިސް މެޝިން ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ލީސްކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ. މި މަސައްކަތް ބީލަމުގެ އުސޫލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ލޮޓަކަށް ކަނޑައަޅާފައިވަނީ 5 ޑަޔަލިސިސް މެޝިނެވެ. މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން ބިޑް ހުށަހަޅަންޖެހެނީ 29 ސެޕްޓެމްބަރުގެ ކުރިންނެވެ.

އައްޑޫސިޓީ އަކީ ރާއްޖޭގެ އެންމެ އާބާދީބޮޑު އެއް ސަރަހައްދެވެ. އައްޑޫސިޓީގައިވެސް ކިޑްނީ ބަލީގެ މީހުން މިހާރު ނިސްބަތުން ގިނަވަމުން އަންނަކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

މަނަދޫ ހޮސްޕިޓަލުގައި ހުންނަ ޑަޔަލިސިސް ޔުނިޓެއް... ފޮޓޯ: މަނަދޫ ހޮސްޕިޓަލް

ރާއްޖޭގައި އެންމެ ފުރަތަމަ ޑަޔަލިސިސް ޔުނިޓެއް ގާއިމްކޮށްފައިވަނީ، 2001 ވަނަ އަހަރު އައިޖީއެމްއެޗްގައެވެ. އަދުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑަޔަލިސިސް ޔުނިޓްތައް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ 8 އަތޮޅެއްގައި 13 ޑަޔަލިސިސް ޔުނިޓް ގާއިމްކޮށްފައިވާނޭކަމަށް ސަރުކާރުން ބުނެއެވެ. 

ގައިގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެބޮޑު ހޭދައެއްކުަރަންޖެހެނީ ކިޑްނީ ބަލިތަކަށެވެ. މިގޮތުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކުގެ ތެރެއިން ކިޑްނީ ބަލިތަކަށް ފަރުވާ ހޯދަން ދާ މީހުނަށް ނިސްބަތުން ބޮޑު ހަރަދެއް ކުރަންޖެހޭކަމަށް ސަރުކާރުން ފާހަގަކުރެއވެެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.