އެމެރިކާގެ ރައީސް ޑޮލާންލްޑް ޓްރަމްޕް -- ފޮޓޯ: އޭޕީ
ދުނިޔެ
20 Sep 2025 | 12:17
ސަރުކާރާ ދެކޮޅު މީޑިއާ ކަވަރެޖް ޣައިރު ޤާނޫނީ ވާނެ: ޓްރަމްޕް

އޭނާ އާއި އޭނާގެ ސަރުކާރާއި ދެކޮޅަށް ރިޕޯޓުކުރާ މީޑިއާތަކުގެ ޢަމަލުތަކަކީ، ޤާނޫނާ ޚިލާފު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިއްޔެ އޯވަލް އޮފީހުގައި ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވަނީ ސީއެންއެން އަދި އެމްއެސްއެންބީސީ ފަދަ ބޮޑެތި ނެޓްވޯކްތަކަކީ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ބާޒުތަކެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެ މީޑިއާތަކުން އޭނާއާ ދެކޮޅަށް ގެނެސްދޭ ކަވަރޭޖްގެ 97 އިންސައްތަ އަކީ ނެގަޓިވް ކަވަރޭޖްއެވެ. އަދި މިއީ ކޮރަޕްޓް ޢަމަލުތަކެއް ކަމަށާއި, އެކަންކަމަކީ "ޣައިރު ޤާނޫނީ" ކަމެއް ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ވިދާޅުވެފައެވެ.

 "މިކަން ހުއްޓުވަންޖެހޭ. މިއީ ޣައިރު ޤާނޫނީ ކަމެއް،" ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އެކްޓިވިސްޓް ޗާލީ ކާކް މަރާލި ހާދިސާއާ ގުޅުވައި ކޮމީޑިއަން ޖިމީ ކިމެލް އޭބީސީ ޓީވީގެ ޝޯގައި ދެއްކި ވާހަކައަކާ ގުޅިގެން އޭނާ ސަސްޕެންޑްކުރި ދަނޑިވަޅުގައެވެ.

އެގޮތުން ޓްރަމްޕްގެ މި ވާހަކަފުޅުތަކާއި ގުޅިގެން ނޫސްވެރިންނާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޤާނޫނީ މާހިރުންގެ މެދުގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެމެރިކާގެ ޤާނޫނު އަސާސީގައި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރާއިރު، އެކަމަކީ ޑިމޮކްރަސީއެއްގައި މީޑިއާގެ އެންމެ މުހިންމު އެއް ދައުރު ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ސަރުކާރަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކަވަރޭޖަކީ ޣައިރު ޤާނޫނީ ކަމެއްކަން ދައްކުވައިދޭ އެއްވެސް ޤާނޫނެއް ޓްރަމްޕް ހުށަހަޅުއްވާފައި ނުވާކަން މީޑިއާގެ މާހިރުން ވަނީ ފާހަގަކޮށްފައެވެ. 

ޓްރަމްޕުގެ އެ ވާހަކަފުޅުތަކާ ގުޅިގެން އެމެރިކާގައި ވެސް ވަނީ ޤައުމީ ބަހުސެއް ފެށިފައެވެ. އެގޮތުން ގިނަ ބަޔަކު ދެކޭގޮތުގައި މިއީ މިނިވަން މީޑިއާގެ އަގުވައްޓާލުމަށާއި ފާޑުކިޔާ ފަރާތްތައް ހަނުކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.

އެގޮތުން މަދަނީ ޖަމްޢިއްޔާތަކާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާ ފަދައިން ރިޕޯޓުކުރުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބުނުމުން މީޑިއާއަށް އޮންނަ އާންމުންގެ އިތުބާރު ގެއްލި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.