މީހަކު އުމުރުން ދުވަސްވީމީހަކު އަތުގައި ހިފައިގެން ހިނގާލަންދަނީ..
ރިޕޯޓް
23 Sep 2025 | 11:10
ދިވެހިރާއްޖެ އާއި ޑިމެންޝިއާ: މިއީ ހޭލުންތެރިކަމާއި އެހީތެރިކަން އިތުރުކުރަން ޖެހިފައިވާ ވަގުތެއް

ދިވެހިރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން ދިއުމާއެކު، ޑިމެންޝިއާއަކީ އިތުރަށް ސަމާލުކަން ދޭންޖެހޭ މައްސަލައެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 65 އަހަރުން މަތީގެ 20،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި ދުވަސްވީ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އެކަނިވެރިކަމާއި ހިތްދަތިކަން އިޙްސާސްކުރެއެވެ.

ހޭލުންތެރިކަން ކުރިން ވަރަށް ދަށްހާލަތެއްގައި އޮތުމަށް ފަހު އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އަދި އެ ޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ގުޅިގެން މަސައްކަތް ކުރާ ސިއްހީމާހިރުންނާއި އެހީދާރުންނާއި ތަންތަނާއި ޕާޓްނަރުންގެ މަސައްތަކުން މިހާރު އާއްމުންހޭލުންތެރިވަމުންއަންނަ ކަމަށް ފާހަގަކުރެވެއެވެ. ގިނަ މީހުން ދެކޭގޮތުގައި ހަނދާން ނެތުމަކީ ހަމައެކަނި އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ވީމާ ޑަޔަގްނޯސިސް އާ އާހަމައަށް ނޮގޮސް ތިބޭތަންވެސް އާދެއެވެ. ޑަޔަގްނޯސް ވެފަ ތިބި ފަރާތްތަކަށް ހަރަކާތްތައް އަދި އެހީދާރުންނަށް ސަޕޯޓް ގްރޫޕް ޖަމިއްޔާއިން ކުރިއަށްގެންދިޔަ ނަމަވެސް ޖަމިއްޔާގެ މިހަރަކާތްތަކުގައި ބައިވެރިވާ މީހުން ނިސްބަތުން މަދެވެ. އަދި ޢާއިލާތަކުން މިކަންކަން ބަލަހައްޓަނީ ގިނަފަހަރަށް އަމިއްލައަށެވެ.

ރާއްޖޭގައި ޑިމެންޝިއ އާ ގުލޭގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދި އެބަހުއްޓެވެ. އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނާ ގޮތުގައި ގައުމީ ޑިމެންޝިއާ ރެޖިސްޓަރއެއް އަދި ވެސް އެހެނިހެން ގިނަ ކަންތައްތަކާއި ގޮންޖެހުންތައް މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ޑިމެންޝިއާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިމްޕްލިމެންޓޭޝަނުން ހައްލު ވެގެން ދާނެކަމަށް އުއްމީދުކުރެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ އެހީތެރިކަމާއި، އަދި އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސްގެއިން ވަރަށް ގާތުން މަސައްކުރި ނެޝަނަލް ޑިމެންޝިއާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ މަސައްކަތް ކުރެވި އަދި ވެލިޑޭޝަން ވޯކްޝޮޕްވެސް ވަނީ މިއަހަރުގެ މޭ މަހުގައި ނިމިފައެވެ. 2019 ގައި ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރކުރި ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން 2021ގައި އޮޕަރޭޓްކުރަންފެށި އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ހޭލުންތެރިކަން އިތުރުކޮށް، ވަކާލާތުކޮށް، ދިރާސާކުރުމާއި ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

އާއިލާތަކުގެ ދައުރު

އަލްޒައިމަރސް ބަލި އަދި އެހެނިހެން ޑިމެންޝިއާހުރި މީހުނަށް އެހީތެރިވުމުގައި ޢާއިލާތަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އޯގާތެރިކަމާއެކު ވާހަކަދެއްކުމާއި، ކެތްތެރިކަން ބެހެއްޓުމާއި، ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިކުރުވުމަކީ މުހިންމު ކަންކަމެވެ. އަދި މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުން މުހިއްމުއެވެ.

މި ކަމަކީ އެހީދާރުންނަށްވެސް އަސަރު ކުރާ ކަމަކަށް ވާތީ އާއިލާގެ މެމްބަރުން ތާވަލުކޮށް ބަހާލައިގެން ބެލެހެއްޓުން މުހިއްމު ކަމެކެވެ. އަދި އެހީދާރުން ގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމަކަށް ވާތީ އެހީދާރުވެސް އަމިއްލަ މިފަދަ ކަންތައްތަކަށް ބެލުން މުހިއްމުއެވެ.

މުޖުތަމައުގެ ދައުރު

ވީމާ މިކަމާ ގުޅޭގޮތުން އާއްމުންވެސް މައުލޫމާތު އޮޅުން ފިލުވުން މުހިއްމެވެ. މިހާރުން ފެށިގެން ޑިމެންޝިއާއާ ބެހޭ ގޮތުން އިތުރަށް ޑޮކްޓަރުންނާއި، ޢާއިލާގެ މެންބަރުންނާއި، އެހީދާރުންނާއި، އަދި ޑިމެންޝިއާއާއެކު ދިރިއުޅޭ މީހުންގެ ފަރާތުން މަޢުލޫމާތު ހޯދުމަކީ، ޙަގީގީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ. އާއްމު ތަންތާގައި މި ފަރާތްތައް ވެސް އުޅޭނެކަން އަދި އެމީހުން އުޅޭގޮތް ތަފާތުވެދާނެކަން އަދި އެ މީހުނާ މުއާމަލާތް ކުރާގޮތް ވެސް ތަފާތުވެދާނެކަން ވިސްނުން މުހިއްމެވެ.

މުޖުތަމަޢުގައި އަލްޒައިމާރސް ބަލި އަދި އެހެނިހެން ޑިމެންޝިއާހުރި މީހުން ޤަބޫލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އެހެންމީހުންނެކޭ އެއްފަދައިން އިޙްސާސްތަކާއި ޝުޢޫރުތައް ހުންނަ މީހުންކަން ވެސް ހަނދާން ބަހައްޓަންޖެހެއެވެ. ޑިމެންޝިއާގެ ވައްތަރުތަކަށް އަދި އެއްކޮށް ރަނގަޅު ކުރެވޭ ފަރުވާއެއް ހޯދިފައެއްނެތެވެ. ނަމަވެސް ދިރާސާތައް ދަނީ ކުރިއަށެވެ. އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، ޑިމެންޝިއާ ހުންނަ މީހުންނަށް އެހީތެރިވެ، ޑިމެންޝިއާގެ ވައްތަރުތަކަށް މިހާރު ލިބެން ހުރި ފަރުވާ ދިނުމަކީ އިތުރަށް މުހިންމުވަމުންދާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް