ގެއެއްގައި ރިހާކުރު ކައްކަން އުދާފައި.. ފޮޓޯ: ވޮއިސް
ހަބަރު
22 Sep 2025 | 15:04
ރިހާކުރު ޓައްޕުތަކެއް ވަގަށްނެގުމުން ޖަލު ހުކުމެއް

ޅ.ހިންނަވަރު ގެއަކުން ރިހާކުރު ޓައްޕުތަކެއް ވަގަށްނެގި މީހަކު ޖަލަށްލުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ވާދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމްކޮށްފައިވަނީ، ނައިފަރު ގެއަކަށް ދެ ރެއެއްގެ މަތިން ވާދޫ މީހަކު ގޮސް ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގުމާ ގުޅިގެން ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. އެމީހާ ރިހާކުރު ޓައްޕުތައް ވަގަށް ނަގާފައިވަނީ، މިއަހަރުގެ އޭޕްރިލްމަހުގެ 21 އަދި 11 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ވަދެގެންނެވެ.

އެ މައްސަލާގައި ދައުވާކޮށްފައިވަނީ ގދ. ވާދޫ، ބަނަފްސާގޭ ހުސައިން ޝަނޫންގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި، ވައްކަންކުރަން ވަނުމުގެ ދައުވާ އުފުލާފައެވެ.

ހުސައިން ވަގަށް ގެންދިޔަ ރިހާކުރު ޓައްޕުތަކުގެ އަގު 4،500 ރުފިޔާއަށް އަރާކަމަށް އެގޭގެ ވެރިފަރާތުން ދިން ބަޔާނުގައި ބުނެފައި ވެއެވެ. ދެ ރޭގެ މަތިން އޭނާ ވަގަށް ގެންގޮސްފައިވަނީ ރިހާކުރު އަޅާފައިހުރި 20 ލީޓަރުގެ ޓައްޕުތަކެވެ.

ވައްކަމުގެ ފުރަތަމަ މައްސަލައާ ގުޅިގެން ކޯޓުން 11 މަހާއި 19 ދުވަހު ޖަލުގައި ބެހެއްޓުމަށް ހުކުމްކުރިއިރު، ދެވަނަ މައްސަލާގައި ވަނީ 3 މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ހުއްދަނޫން ތަނަކަށް ވަދެފައިވާތީވެ ވަނީ 22 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓް
މުހައްމަދު
400މ ނެގިމީހުން ސަލާމަތްވީ، މީކޮންހަމަޔަކާ އިންސާފެއްބާ.
23 Sep 2025
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ