ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް އަދި ފްރާންސްއަށް ކާމިޔާބު މެޗުތަކެއް

12 Jun 2019 | 08:45

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް އަދި އިޓަލީ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ސްކޮޓްލެންޑްއައި ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 3-0 ކުންނެވެ. މެޗު ފަށައިގެން ސްކޮޓްލެންޑުގެ ފަރާތުން އޯގަނައިޒްޑް ގޭމެއް ކުޅުނު މަަންޒަރު ފެނިގެންދިޔައިރު ބެލްޖިއަމްވަނީ ގިނައިރު ބޯޅަ ގެންގުޅެ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ބެލްޖިއަމްގެ ފަރާތުން މެޗުގައި ފެނުނު ގޯލުތައް ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވަޑް ލުކާކޫ އަދި މެންޗެސްޓާ ސިޓީގެ މެދުތެރެއަށް ކުޅެމުން އަންނަ ތަރި ކެވިން ޑިބުރޫނޭއެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް އަދި ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލުކާކޫގެ ގޯލުތައް ފެނުނު އިރު ޑިބުރޫނޭގެ ގޯލް އޭނާ ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުގަޑީގައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބެލްޖިއަމް ގުރޫޕް އައިގެ އެއްވަނައިގަ އޮތީ 12 ޕޮއިންޓާއެކީއެވެ. ބެލްޖިއަމްއައި އެންމެ ގާތުންވާދަކުރާ ރަޝިޔާ ދެވަނައިގަ އޮތީ 9 ޕޮއިންޓް ހޯދައިގެންނެވެ.

ޔޫރޯ ކޮލިފައިންގައި ތުރުކީއަތުން ބަލިވި މެޗަށް ފަހު ޓީމަށް 7 ބަދަލު ގެނެސްގެން އެންޑޯރާއައި ދެކޮޅަށް ފްރާންސް ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 4-0 ގެ ބޮޑު ތަފާތަކުންނެވެ.

މުޅި މެޗް ޑޮމިނޭޓްކުރި ފްރާންސްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އެމްބާޕޭ، ބެންޔެޑާ، ތައުވިން، އަދި ޒޫމާއެވެ. މި މޮޅާއެކު ވާދަވެރިކޮށް ފެންނަ ގުރޫޕް އެޗްގެ އެއްވަނައަށް ފްރާންސްވަނީ ޖެހިލާފައެވެ. ފްރާންސް އަދި ތުރުކީއަށް 9 ޕޮއިންޓް ލިބިފައިވާއިރު ފްރާންސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

Advertisement

ކޮމެންޓް