ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ފްރާންސުގެ ފޯވާޑް، އުސްމާން ޑެމްބެލޭ -- ފޮޓޯ: ރޮއިޓާސް
ކުޅިވަރު
23 Sep 2025 | 11:16
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ޑެމްބެލޭއަށް. ދެވަނަ ޔަމާލަށް

އެންމެ 18 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ލަމިން ޔަމާލްއާއި ވާދަކޮށް، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ފްރާންސުގެ ފޯވާޑް، އުސްމާން ޑެމްބެލޭ ހޯދައިފިއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް ޑެމްބެލޭ ހޯދައިފައިވަނީ ރޭ ފްރާންސުގެ ވެރިރަށް ޕެރިހުގައި ބޭއްވި ބެލޮންޑިއޯގެ ޚާއްސަ ރަސްމިއްޔާތުގައެވެ.

ޑެމްބެލޭ މި މަގާމު ހޯދީ ޕީއެސްޖީ އާއެކު ޑޮމެސްޓިކް އަދި ޔޫރަޕިއަން މުބާރާތްތައް ކާމިޔާބުކުރި ސީޒަނަކަށް ފަހުގައެވެ. އޭނާގެ ފަހަތުން ބާސެލޯނާގެ 18 އަހަރުގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ލަމިން ޔަމަލް ދެވަނަ ހޯދިއިރު، ލަމީން އަކީ ދުނިޔޭގެ ތާރީޚުގައި ވެސް ބެލޮންޑިއޯގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އެންމެ ހަނގު ކުޅުންތެރިޔާއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާކަމަށް ލަމީން ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ކޯޕާ ޓްރޮފީ ވެސް ރޭ ލަމީން ވަނީ ހޯދާފައެވެ. އެއާއެކު މި އެވޯޑު ދެފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ލަމީން ވަނީ ވެފައެވެ. އަންހެނުންގެ ބައިން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ބާސެލޯނާގެ ވިކީ ލޯޕެޒް ވަނީ ހޯދާފައެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ކޯޕާ ޓްރޮފީ ލިބުނީ ލަމީންއަށް -- ފޮޓޯ: ރޮއިޓާސް 

ލަމީންގެ ފަހަތުން ތިންވަނައަށް ޕީއެސްޖީގެ ވިޓިންހާ އައިިރު، ލިވަޕޫލްގެ މުހައްމަދު ސަލާހު ހަތަރުވަނައަށް އަދި ބާސެލޯނާގެ ރަފިންހާ ވަނީ ފަސްވަނައަށް އައިސްފައިވެއެވެ.

އަންހެނުންގެ ބެލޮންޑިއޯ ބާސެލޯނާގެ އައިޓަނާ ބޮންމަޓީ ވިދިވިދިގެން ދެވަނަ ފަހަރަށް ވަނީ ހޯދައިފައެވެ. މިއީ އޭނާއަށް ބެލޮންޑިއޯ ލިބުނު ތިންވަނަ ފަހަރަށްވާއިރު، އޭނާގެ ފަހަތުން އާސެނަލްގެ މަރިއޯނާ ކަލްޑެންޓޭ އާއި އަލެސިއާ ރުސޯ ދެވަނަ އަދި ތިންވަނައަށް އައިސްފައިވެއެވެ. ބާސެލޯނާގެ އަލެކްސިއާ ޕުޓެއްލަސް ހަތަރުވަނައަށް އައިއިރު، އާސެނަލްގެ ކްލޯއީ ކެލީ ފަސްވަނައަށް އައިސްފައިވެއެވެ.

ގޯލްކީޕަރުންގެ ޔަޝިން ޓްރޮފީ ޕީއެސްޖީގެ ޖަންލުއިޖީ ޑޮނަރުއްމާ ހޯދއިރު، އަންހެނުންގެ ބައިން މި މަގާމު އިނގިރޭސިވިލާތުގެ ހަނާ ހެމްޕްޓަން ވަނީ ހޯދާފައެވެ. 

ކޯޗުންގެ ބައިން އެންމެ މޮޅު ކޯޗުގެ މަގާމު ޕީއެސްޖީގެ ލުއިސް އެންރީކެ އާއި އިނގިރޭސި އަންހެނުންގެ ޓީމުގެ ސަރީނާ ވީގްމަން ވަނީ ހޯދާފައެވެ. އަހަރުގެ އެންމެ މޮޅު ޓީމުގެ މަގާމު ފިރިހެނުންގެ ބައިން ޕީއެސްޖީ އަދި އަންހެނުންގެ ބައިން އާސެނަލް ވަނީ ހޯދާފައެވެ.

ޑެމްބެލޭ އަކީ، ޕީއެސްޖީން އެ ކްލަބުގެ ތާރީހުގައި ޔޫރަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް، މިދިޔަ ސީޒަނުގައި ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ފްރާންސް ލީގާއި، ފްރެންޗް ކަޕާއި، ޔުއެފާ ސުޕަ ކާމިޔާބުކޮށް، ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. ނިމުނު ސީޒަނުގައި 53 މެޗުން 35 ލަނޑު  ވެސް އޭނާ ވަނީ ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް