އެރަށުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ: އިބްރާހިމް ނިއުމަތުﷲ
ހަބަރު
23 Sep 2025 | 11:52
ކޮޅުފުށީގެ ލިންކު ރޯޑު ޤާއިމްކޮށް، އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދޭނަން: ރައީސް

ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް، މ. ކޮޅުފުށީގައި ލިންކް ރޯޑެއް ޤާއިމްކޮށް، އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ވަރަށް މުހިންމު އަދި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ނިންމަވައިދެއްވާނެ މަޝްރޫއެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫއު ނިމޭއިރު ލިންކްރޯޑް ޤާއިމްކުރެވޭނެ ކަމަށާއި، އެކަން ވާނީ ތަރައްގީގެ ގޮތުން އެރަށަށް ގެނެވޭ މުހިންމު އުމްރާނީ މަސައްކަތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް އެ ރަށުގެ މަޝްރޫއުތަކުގެ ވާހަކަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ކޮޅުފުށްޓަށް އިތުރު ހައުސިން ޔުނިޓުތައް ބޭނުންވާ ކަމަށާއި، ސަރުކާރުން މުޅި ރާއްޖޭގައި ކުރިޔަށްގެންދަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގައި ވެސް އިތުރު 100 ހައުސިން ޔުނިޓު ޤާއިމްކޮށްދެއްވާނެ ކަމަށެވެ. 

އަދި މިހާރު އެ ރަށުގައި ނިމިފައި ހުރި ގެތަކަށް ކަރަންޓައި ނަރުދަމާ ގުޅުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެ ކަމަށާއި، އެ މަސައްކަތްތައް ފެނަކައިން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިޔަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

 ބާރު ސްޕީޑްގައި ގެތަށް ބޭނުންކުރަން ފެށޭނެ. މިހާރު ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ. އެކަން ވަރަށް ގާތުން ބަލަމުން މި ގެންދަނީ. މި އަހަރު ތެރޭގައި އާ ގެތަކުގެ ހުރިހާ ކަމެއް ނިމިގެންދާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް މިއަދު ފައްޓަވައިދެއްވާފައިވާއިރު، މިއަދު އެގޮތުން ވަނީ އެރަށުގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢާއި ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ފަށާފައެވެ.

މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޓްނެސް އަދި ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މާލީ ވަޒީރު ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނައުފަލާއި، ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢަލީމް، އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.