މީގެކުރިން ކަސްޓަމްސްއިން އަތުލައިގަތް ސިނގިރޭޓްތަކެއް.. ފޮޓޯ: ކަސްޓަމްސް
ހަބަރު
24 Sep 2025 | 18:55
އައްޑޫ ޕޯޓުން އެތެރެކުރަން އުޅުނު 15 މިލިއަނެއްހާ ރުފިޔާގެ ސިނގިރޭޓް އަތުލައިގަނެފި

އައްޑޫސިޓީ ޕޯޓުން ސިއްރިޔާތުގައި ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަން ސިނގިރެޓް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްއިން މިއަދު ބުނީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން 1.8 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގަނެފައިވާކަމަށެވެ. މި ސިނގިރޭޓްތަކުގެ އަގު 15 މިލިއަނެއްހާ ރުފިޔާއަށް އަރާނޭކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި މައްސަލަ ކަސްޓަމްސްއިން އިތުރަށް ތަހްގީގް ކުރަމުންދާކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، އަދި ދުންފަތުގެ ބައެއް އުފެއްދުންތައް ސަރުކާރުން މަނާކުރުމާ ގުޅިގެން މިފަދަ ބާވަތްތަކުގެ ތަކެތި ސިއްރުން ރާއްޖެ އެތެރެކުރުން ނިސްބަތުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ދިވެހި ރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.