ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަކަށް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު

ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު

ސަޢުދިއަރަބިއްޔާގެ އިސް މުފްތީ އަކަށް އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އައްޔަނު ކުރައްވައިފި އެވެ.

އިސް މުފްތީ އަކަށް ޑރ. ޞާލިޙު އައްޔަނުކުރައްވާފައި މިވަނީ އެ މަގާމުގައި ކުރީން ހުންނެވި  އައްޝައިހް އަބްދުލް އަޒީޒް އާލުއް ސައިޚް އިއްޔެ އަވަހާރަވުމާއި ގުޅިގެންނެވެ. އިއްޔެގެ އަސްރު ނަމާދަށް ފަހު ޝެއިހްގެ މައްޗަށް ކަށުނަމާދުކޮށް ވަނީ ފަސްދާނުލާފަ އެވެ.

ޝައިހް އަބްދުލް އަޒީޒް އާލުއް ޝައިހް އަކީ މި ފަހުން ދުނިޔެ ދުށް އެންމެ ބޮޑު އިލްމުވެރީންގެ ތެރޭން ބޭފުޅެކެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން އަރަފާތު ބިމުގައި ހުތުބާ ދެއްވާފައިވެ އެވެ. އެ ގޮތުން 35 އަހަރެއްގައި އެމަނިކުފާނު ވަނީ ހުތުބާ ދެއްވާފަ އެވެ.

އިސް މުފްތީއަކަށް ހަމަޖެއްސެވި އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާ އަދި ޚުތުބާ ދެއްވަވާ ބޭފުޅެކެވެ. ވަރަށް ހަގު އުމުުރުގައި ކީރިތި ޤުރުއާން ހިތުން ދަސްކުރައްވާ ހާފިޒަކަށް ވެވަޑައިގެންނެވި އެވެ.

އެންމެ ފަހު އަރަފާތުގައި ހުތުބާ ދެއްވީވެސް ޑރ. ސާލިހެވެ.

ކޮމެންޓް