ތެރަޕީ ސެޝަނެއް ނެގުމަށް ކުއްޖަކު ތެރަޕީ ސެންޓަރަކަށް ވަންނަނީ.. ފޮޓޯ: ވޮއިސް
ހަބަރު
24 Sep 2025 | 17:56
އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ، ކުދިންގެ ބިހޭވިއާ ތެރަޕީއަށް: އެންސްޕާ

އެންމެބޮޑު ހޭދައެއް ކުރަންޖެހެނީ ކުދިންގެ ބިހޭވިއާ ތެރަޕީއަށްކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ނެރެފައިވާ އޮަގަސްޓްމަހު އެ އިދާރާގެ ހަރަދު ރިޕޯޓްގައިވާގޮތުން އެ މުއްދަތުގެ ތެރޭގައި ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުން ޖުމްލަ 7.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހޭދަކޮށްފައިވަނީ، ބިހޭވިއާ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، އެޑިއުކޭޝަނަލް ތެރަޕީ އަދި ސައިކޯ ތެރަޕީއަށެވެ.

ތެރަޕިއުޓިކް ފަރުވާއަށް ކުރި ހޭދަ:

- ބިހޭވިއާ ތެރަޕީ: 1.9 މިލިއަން ރުފިޔާ

- އޮކިއުޕޭޝަނަލް ތެރަޕީ: 1.7 މިލިއަން ރުފިޔާ

- ސްޕީޗް ތެރަޕީ: 1.4 މިލިއަން ރުފިޔާ

- އެޑިއުކޭޝަނަލް ތެރަޕީ: 1.05 މިލިއަން ރުފިޔާ

- އަރލީ އިންޓަރފެންޝަން: 1.2 މިލިއަން ރުފިޔާ

- ސައިކޯ ތެރަޕީ: 140،950

އެންސްޕާގެ ރެކޯޑްތަކުން ދައްކާގޮތުގައި ރާއްޖޭގައި އެންމެގިނައިން ތެރަޕީދެނީ ފިރިހެން ކުދިންނަށެވެ. ތެރަޕީ ފަރުވާއަކީ ރައްޖޭގައި އަގުބޮޑު ހިދުމަތެކެވެ. އެހެންކަމުން ކުދިންނަށް މި ފަރުވާ ދިނުމުގައި ގިނަ ބެލެނިވެރިން މާލީ އެހީ ހޯދަނީ އެންސްޕާ މެދުވެރިކޮށެވެ. އަމިއްލަ ސެންޓަރުތަކަށް ބަލާއިރު، ގިނަ ތަންތަނުން ތެރަޕިއުޓިކް ސެޝަނެއްގެ އަގުއުޅެނީ 500 ރުފިޔާ އާއި 650 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. 

އަމިއްލަ ސެންޓަރުތަކުން ހޯދާ ތެރަޕިކް ފަރުވާގެ ދެބައިކުޅަ އެއްބައި އެންސްޕާއިން ދޭއިރު، ތެރަޕިއުޓިކް ފަރުވާއަށް އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންޖެހުމަކީ ގިނަ ބެލެނިވެރިންގެ ވަރަށްބޮޑު ޝަކުވާއެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ދައުލަތުގެ ބައިތުލްމާލުންވެސް ބޮޑު ހޭދައެއް ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ފެންވަރު ބެލޭނެ ގޮތެއް އަދި މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރިލްމަހު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރުން ފެށިގެން ތެރަޕީތަކަށް ފައިސާ ދެމުން އަންނައިރު، އަދި މިހާތަނަށް މިކަމަށް ވަކި އުސޫލެއް އަދި ތެރަޕީތަކުގައި ވަކި ފެންވަރެއް ހުންނަންޖެހޭނެ ފަދަ މިންގަނޑުތަކެއް އެކުލަވާލެވިފައި ނުވާކަމަށެވެ.  ނަމަވެސް ހެލްތް މިނިސްޓްރީއާއެކު މިހާރު އެ މަސައްކަތް ކުރެވެމުން އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.