ރައީސް ޑރ.މުއިއްޒު ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަނީ..
ހަބަރު
24 Sep 2025 | 23:42
ކޮންމެ ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކޮށްދޭނަން: ރައީސް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް މި ސަރުކާރުން ގާއިމްކޮށްދެއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ.ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ، އިސްލާމްދީންގެ ވަހުދަތު ދެމެހެއްޓުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މުހިއްމު ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. 

ރާއްޖެ އިސްލާމްވިދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ އެތައް އަހަރެއް ފާއިތުވެގެންދިޔައިރު މިއޮތް ހުރިހާ ދުވަހު ދިވެހިންނަށް މިހާ އެކުވެރިކޮށް އެއް ބައެއް ގޮތުގައި އުޅެވުނީ މާތްވެގެން އިސްލާމް ދީނުގެ ސަބަބުންކަމަށެވެ. ބޮޑުތަކުރުފާނާ އެތައް އަބުޠާލުން ކުރި ޖިހާދުތަކުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން އިސްލާމްދީ އަންނަ އޮތް ޖީލުތަކާ ހަމަޔަށް ގެންދިއުމަށް އަޒުމް ކަނޑައަޅަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަށް ނަސްރު ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ.

އެކަމުގެ ތެރޭގައި ހިމެނިގެން ވަރަށްގިނަ ކަންކަން ކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ޤުރްއާނާބެހޭ މަރުކަޒުތައް ޤާއިމްކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާބާދީގެ ނިސްބަތުން އެ ރަށެއްގެ ބިން އޮތް މިންވަރަކުން ޤުރްއާނާބެހޭ މަރުކަޒުތައް ގާއިމްކުރާނޭކަމަށެވެ.

ދީން ކުރިއެރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވަނީ ޙާފިޡުން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ޙާފިޡުން ތަމްރީނުކުރުމަށް ބަލާއިރުވެސް އިރާދަކުރެއްވީތީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ މިކަމުގައިވެސް. އެއީ މިދިޔަ އަހަރު އެކަނިވެސް 24 ހާފިޒުން ތަމްރީނުކުރެވިއްޖެ. އުއްމީދުކުރަނީ އިތުރު 50 ޙާފިޡުން މިއަންނަ ރަމަޟާންމަހާ ހިސާބަށްދާއިރު އިތުރުވުން.

ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން އިސްލާމިކް ސެންޓަރުތަކާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޤްފް އިމާރާތްތައް އެޅޫމަށް ނިންމާފައިވާކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިޓީތަކުގެ މަގުތަކާއި، އާންމު ސަރަޙައްދުތަކުގައި ޒިކުރު ބޯޑުތައް ބެހެއްޓުމަށް ޒިކުރު ބޯޑުތައް ބެހެއްޓުމަށް ނިންމާފައިވާކަންވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ބޯޑުތަކުގައި އިސްލާމްދީނުގެ މުހިންމު ޝިޔާރުތަކާއި ނަސޭހަތްތައް ބޯޑުތަކުގައި ހަރުކުރެވިގެންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.