ކޮލޮމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ -- ފޮޓޯ: ރޮއިޓާސް
ދުނިޔެ
27 Sep 2025 | 10:37
ޓްރަމްޕަކީ ޣައްޒާ ޤަތުލްޢާންމުގެ ބައިވެރިއެއްކަމަށް ބުނުމުން ކޮލޮމްބިއާގެ ރައީސްގެ ވިސާ ކެންސަލްކުރަނީ

ކޮލޮމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯގެ އެމެރިކާގެ ވިސާ ކެންސަލްކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނިންމާފައިވަނީ މިހާރު ކުރިޔަށްދާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފަލަސްތީނުގެ ރެލީއެއްގައި ރައީސް ޕެޓްރޯ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އދ. ގެ ޢިމާރާތް ކުރިމަތީގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން ހުންނަވައި، ރައީސް ޕެޓްރޯ ވަނީ އެމެރިކާގެ ސިފައިންނަށް ރައީސް ޓްރަމްޕްގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަށް ގޮވާލައްވައި، އިންސާނިއްޔަތާ މެދު ވިސްނުމަށް އެދިވަޑައިގަންނަވައިފައެވެ.

އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އެމެރިކާގެ އެހީތެރިކަމާއެކު ނިރުބަވެރި ޔަހޫދީ ދައުލަތް އިޒްރޭލުން ޣައްޒާގައި ޙިންގާ ޤަތުލްޢާންމުގެ ބައިވެރިއެއް ކަމަށް ޕެޓްރޯ ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިއީ "ބިރުވެރި އަދި ހަމަނުޖެހުން އުފެދޭފަދަ" ވާހަކަތަކެއް ކަމުގައި ބުނެފައެވެ. އަދި އެކަމަާ ގުޅިގެން ރައީސް ޕެޓްރޯގެ ވިސާ ކެންސަލްކުރުމަށް ނިންމާފައިވާކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ކުރި ޕޯސްޓެއްގައި ބުންޏެވެ.

ޕްރޯ ފަލަސްތީނުގެ ރެލީއެއްގެ އިތުރުން އދގެ އާންމު ޖަލްސާގެ ޕޯޑިއަމްގައި ހުންނަވައިގެން ވެސް ޕެޓްރޯ އިޒްރޭލާއި އެމެރިކާއަށް، ޣައްޒާގެ ޙާލަތާ ގުޅިގެން ގިނައިން ފާޑުކިޔާފައެވެ.

މަޤާމުގައި ހުންނެވި ރައީސެއްގެ ވިސާ ކެންސަލްކުރުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. މިހާރު ވެސް މަސްލަޙަތު ގޯސްވެފައިވާ އެމެރިކާ އަދި ކޮލޮމްބިއާއަށް، މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތަކަށް އިތުރަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ޟަރީފް
މުސްލިމް ގައުމު ތަކުގެ ވެރިން ކޮބަަަަަާ ބާވައޭ ހިތައް.......
27 Sep 2025
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް