އާދަމް ޝަރީފް މަޖިލީހުގައި އުޅުއްވިއިރު... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
27 Sep 2025 | 13:44
ފެނަކައިގެ މައްސަލަ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުގެ ސަމާލުކަމަށް ގެނައި ނަމަވެސް އަޅައެއްނުލި: ޝަރީފް

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލަތައް އެމްޑީޕީގެ އޭރު އޮތް މަޖިލީހުގެ ސަމާލުކަމަށް ގެނައިނަމަވެސް އެ މައްސަލަތައް ބަލާފައިނުވާކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ފެނަކަ އޯޑިޓް ރިޕޯޓްގައި ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފާހަގަކޮށްފައިވާއިރު، މި ރިޕޯޓާ ގުޅިގެން ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވެރިކަމުގައި ފެނަކައާ ގުޅޭގޮތުން ފާހަގަކުރެވުނު ކޮރަޕްޝަނުގެ މައްސަލަތައް ޤާނޫނު ހަދާ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާނޭކަމަށެވެ. ނަމަވެސް އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަތައް ބަލާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި މައްސަލަތައް އޭރު މިނިވަން މުއައްސަސާތަކަށްވެސް ހުށަހެޅި ނަމަވެސް އެ ތަންތަނުންވެސް އެކަންކަން ބަލާފައިނުވާކަމަށެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ފެނަކައިގެ އެމްޑީކަމުގެ މަގާމުގައި އޭރު ހުންނެވި ސައީދު އެކަންޏަށް ކޮރަޕްޝަނުގެ އެ ފަދަ އަމަލުތައް ނުހިންގެވޭނޭ ކަމަށާއި، އެއީ ވަރަށްގިނަ ބަޔަކަށް ބައި އެޅިގެން ކުރެވުނު ކަމެއްކަމަށް އޮޑިޓް ރިޕޯޓުން އެނގޭކަމަށެވެ.

ދައުލަތުގެ ޒިންމާއަކަށްވާނީ މި މައްސަލާގައި އެންމެ މީހަކަށް ޤާނޫނު ހިންގުމުގެ ބަދަލުގައި މައްސަލައިގައި ހިމެނޭ އެންމެނާމެދު އިންސާފްވެރިކަމާއެކު ޤާނޫނު ހިންގުންކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި މިހާދުވަހު އަޅާނުލައި ތިބި މުއައްސަސާތައްވެސް ޖަވާބުދާރީ ކުރުވަންޖެހޭ. މި ޤައުމު ސަލާމަތްކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން

ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ

ފެނަކައިގެ އޮޑިޓްރިޕޯޓްގައި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ ކަމަށް ވަނީ ރިޕޯޓުން ދައްކައެވެ. 

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި 2,239,640,958 (ދެ ބިލިއަން ދުއިސައްތަ ތިރީސް ނުވަ މިލިއަން ހަ ލައްކަ ސާޅީސް ހާސް ނުވަސަތޭކަ ފަންސާސް އަށެއް) ރުފިޔާގެ އެއްބަސްވުން ފެނަކައިން ހަދާފައިވެ އެވެ. އޭގެ ތެރެއިން 1,373,126,496 (އެއް ބިލިއަން ތިން ސަތޭކަ ހަތްދިހަ ތިން މިިލިއަން އެއް ލައްކަ ސައްބީސް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހައެއް) ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި ރަނގަޅު ނަތީޖާ ހޯދުމަތް ހިތްވަރުދެން: ނައިބު ރައީސް
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާ އެކު ދަރިވަރުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިހާނެއް ކަމަށެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްވިއައިގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.