ރަށެއް ގައި އޭޓީއެމް ހިދުމަތް ފައްޓަވާ ކާޑު ހަވާލުކުރުން --
ހަބަރު
29 Sep 2025 | 16:32
މިހާތަނަށް 82 ރަށުގައި އޭޓީއެމް، 122000 މުއާމަލާތް ހިންގައިފި

މި އަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ބަހައްޓާ ހިދުމަތް ފަށާފައިވާ ކަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ބެންކުން އާންމުން ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް 82 ރަށެއްގައި ވަނީ އޭޓީއެމް ހުޅުވާފަ އެވެ. މި ރަށްތަކުގައި ބެހެއްޓުނު އޭޓީއެމް މެދުވެރިކޮށް ކުރި މުއާމަލާތަތަކުގެ އަދަދު ވަނީ 122,000 ވުރެ މަތީގަ އެވެ.

އަދި މި މުއާމަލާތްތަކުގެ ފައިސާގެ ޖުމްލަ އަދަދު ހުރީ 313 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެެވެ. އަދި ޖަމާކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 145 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އޭޓީއެމް ވިއުގަ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބޭނުންކުރާ މިންވަރު ހުރީ މާލެ ސިޓީގައި 14,000 މުއާމަލާތުން މަތީގަ އެވެ. އެއީ ޖުމްލަ 78 މިލިއަން ރުފިޔާ އެވެ. އަތޮޅުތަކަށް ބަލާއިރު އެ މިންވަރު ހުރީ 9,000 ވުރެ މަތީގަ އެވެ. އެ މުއާމަލާތްތަކުގެ އެވްރެޖް 25 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވައުދެކެވެ. މި އަހަރު ނިމުމުގެ ކުރީން އެ ވައުދު ފުއްދުމަށް ވަނީ އަމާޒު ހިފާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.