އިލްމުވެރީންގެ ގުޅުމުގެ ބައްދަލްވުމަކަށް ފަހު އިލްމުވެރީން ފޮޓޯއަކަށް ހުއްޓިގެން --
ހަބަރު
30 Sep 2025 | 16:26
ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ނުހިންގުމަށް އިލްމުވެރީންގެ ގުޅުމުން ގޮވާލައިފި

ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށް އިލްމުވެރީންގެ ގުޅުމުން ދިވެހި ރައްޔިތުންނަށް ގޮވާލާ ނަސޭހަތްތެރިވެއްޖެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރީންގެ ބައިވެރިވުން އިލްމުވެރީންގެ ގުޅުމުން މިފަދަ ބަޔާނެއް ނެރުނީ ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގަން ހާއްސަ ތަނެއް ހުޅުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިލްމުވެރީންގެ ގުޅުމުގެ ބަޔާނުގައި ބުނީ ޔޯގާގެ ހަގީގަތާއި އޭގެ ހުކުމަކީ ކޮބައިކަން ބެލުމަށް ޓަކައި ރާއްޖޭގެ ޢިލްމުވެރިންގެ ފަރާތުން ކޮށްފައިވާ ދިރާސާއިން އެނގެން އޮތްގޮތުގައި، ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫދީނުގެ އަޅުކަމެއް ކަމަށެވެ. އަދި އެއީ ޝިރުކުގެ އަމަލެއް ކަމަށެވެ.

ކަސްރަތުގެ ގޮތުގައި، ނުވަތަ އެނޫން ގޮތަކަށް ވެސް ޔޯގާ ހެދުމަކީ ޙަރާމް ކަމެއް ކަމަާއި އެކަމާ ގުޅޭ ދިރާސާއިން ހާމަވީ ކަންކަމާ މެދުގައި ދިވެހިރާއްޖޭގެ 104 އިލްމުވެރިން އެއްބަސްވެވަޑައިގެން އެކަން ބަޔާންކޮށްދިނުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެކަން އާންމުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އަދި އޭގެ އިތުރުން، ޔޯގާގެ ހަރަކާތްތައް ހުއްޓުވައި ދިނުމަށް އެދި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުއްވާފައިވާ، ސިޓީގައި ވެސް ޔޯގާއަކީ އިސްލާމީ ޝަރިއަތާ ޚިލާފު ކަމެއްކަމާއި ޙަރާމް ކަމެއްކަން ބަޔާން ކޮށްފައިވާނެ ކަން އެ ގުޅުމުން ވަނީ ފާހަގަކޮށްފަ އެވެ.

"...އިސްވެ ދެންނެވުނު ފަދައިން ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާއާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ، ޝިރުކުގެ ޢަމަލުތަކަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ. އަދި އެއީ އެކަމުން ތައުބާ ނުވެވި އެކަމުގެ މަތީގައި ހުއްޓައި މަރުވެއްޖެ ނަމަ ނުފުއްސަވާނެ ފާފައެކެވެ. މީގެ އިތުރުން ޝިރުކުގެ ނުރައްކާތެރި ކަމަކީ، އޭގެ ސަބަބުން މީހާ ކޮށްފައިވާ އެހެނިހެން ހެޔޮ ޢަމަލުތައް ބާޠިލުކޮށްލާ ކަމެކެވެ," އެކަމުގެ ދަލީލް ބަޔާންކޮށް އިލްމުވެރީންގެ ގުޅުމުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެން ކަމުން ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށް ނަސޭހަތްތެރިވެ އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމިއޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު ޢިލްމުވެރިންގެ ފަރާތުން ތަކުރާރުކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރުމަށް ދިވެހި ދައުލަތުގެ ވެރިންނަށާއި ކަމާބެހޭ ހުރިހައި މުއައްސަސާތަކަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

އަދި ދިވެހިންގެ އިސްލާމީ ވަންތަ ރިވެތި ސަގާފަތާއި އާދަކާދަތަކާ ބީރައްޓެހި މިފަދަކަންކަން ދިވެހި މުޖުތަމައަށް އަންނަ ކޮންމެ ފަހަރަކު ދީނީ ގޮތުން އެކަންކަމުގެ ހުކުމަކީ ކޮބައިތޯ ބަލާ، ސާފުކޮށް ދުރާލައި ރައްޔިތުންނަށް ބަޔާން ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް
އަހުމަދު
އެމީހެއްގެ އަގީދާއާ ގުޅުމެއްނެތި ކުރާ ކަސްރަތަކީ ދީނީ ކަމަކަކަށް ނުވާނެ. އިލްމުވެރިންނޭ ކިޔައިގެން އުޅޭ ގިނަމީހުންދައްކަނީ ބުއްދި ގަބޫލުނުކުރެވޭހާ ދެކޮޅުނުޖެހޭ ވާހަކަ.
30 Sep 2025
އައިސަން
ޢިލްމަށް ވެސް ހުތުރަކަށްނު ތިޔަވެވުނީ
30 Sep 2025
އަމާން
ތިޔަހެން ކިޔަނީ...ކުރާވަރަށް ކުރޭ.
30 Sep 2025
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.