ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަދި ވަޒީރު މުޙައްމަދު ސަޢީދު
ހަބަރު
04 Oct 2025 | 12:46
ވަޒީރު ސައީދު ރައީސް ސޯލިޙަށް: ޤައުމަށް ގެނެސްދެއްވި "އިސްލާޙަކީ" ދަރަންޏާއި ކުންފުނިތައް ދަރުވާލުން

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ޒާއަމަތުގައި ޤައުމަށް "ގެނެސްދެއްވި އިސްލާޙަކީ" ދަރަނީގެ ރަންޒަމާނަކާއި، ކުންފުނިތައް ދަރުވާލުމުގެ ޙިކުމަތްތެރިކާއި އަދި ސުމާރެއް ނުބަލައި ޗާޕުކޮށް ދިވެހި ރުފިޔާގެ އަގު ތާއަބަދަށް ވައްޓާލުން ކަމަށް އިޤްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް ސޯލިޙު ހުންނެވި ފޮޓޯއެއް ހިއްސާކުރައްވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ރައީސް ސޯލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވިއިރު، ވެރިކަމެއް ކުރަން ފަސް އަހަރު ވެސް މާ ދިގުކަމުގައި ވިދާޅުވިކަން ފާހަގަކުރައްވަމުން، ވަޒީރު ވަނީ 2018 އިން 2023 އަށް އޭރުގެ ޕީޕީއެމްގެ އޮފީސް ތަޅުއަޅުވައި، ކުރީގެ ރައީސް އަދި އޭރުގެ އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލުގައި ބޭންދެވިކަމަށް ވިދާޅުވެފައެވެ.

  އެއިރު މަނިކުފާނާ ބައްދަލުވަނީ މަދު ފަހަރަކު، ވިދާޅުވަނީ، މުޒާހަރާއަށް ނުކުންނާތީ ނޫންހޭ، ހުއްޓުވަނީ. ގޭގައި ތިބޭ ނަމަ ފުލުހުންނެއްވެސް އެކަންކުރާކަށް ނޫޅޭނެ ނޫންހޭ!

އިޤްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު ވަނީ މިއަދު ރައީސް ސޯލިޙް، ފުލުހުންގެ ބެރިކޭޑުގެ ކުރިމަތީގައި އިންނެވި މި އަންނަ 2028 ވަނަ އަހަރުގެ ކެނޑިޑެންސީއަށްޓަކައިތޯ އާއި އެމްޑީޕީގައި ވެރިކަމަށް ކުފޫހަމަވާ އެހެންމީހަކު ނެތީތޯ ސުވާލުއުފައްދަވައިފައެވެ.

އަދި މިހާރު ވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ކަމަށްޓަކައި މަހު މުސާރައިން ލައްކައިން މުސާރަ ނަންގަވައި، ހަށިފާރައަށް ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން އެމަނިކުފާނަށް ޚަރަދުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާއެކު ވަޒީރު ވަނީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް "މާމޮޅު އިސްލާހުތަކެއް" ގެނެވެނުވީތޯ ސުވާލުއުފައްދަވައި، އެ ވެރިކަމުގައި ރާއްޖެއަށް "ގެނެސްދެއްވި އިސްލާޙަކީ" ދަރަނީގެ ރަންޒަމާނަކާއި، ކުންފުނިތައް ދަރުވާލުމުގެ ޙިކުމަތްތެރިކާއި އަދި ސުމާރެއް ނުބަލައި ޗާޕުކޮށް ދިވެހި ރުފިޔާގެއަގު ތާއަބަދަށް ވައްޓާލުން ކަމަށް ވިދާޅުވެފައެވެ.

ވަޒީރު ސައީދު އެފަދައިން ވިދާޅުވިއިރު، ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ރައީސް ސޯލިޙް އާއި އަދާލަތުގެ ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. އެ މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއިރު، އެ މީހުން ވަނީ ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާފައެވެ. 

އަދި އެ މުޒަހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސްއެޅުމުގެ ސަބަބުން މަދުވެގެން ހަ މީހަކު ހައްޔަރުކުރިކަމަށް އެމްޑީޕީން މިއަދު ބުނެފައިވެއެވެ. އޭގެ ތެރޭގައި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާޙު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް
އިއްބެ
ތިޔަކަމަކީކޮއްމެވެރިޔަކުވެސްކުރަމުންއަންނަކަމެއްނޫންތަ އެކަންމިހާރުދިވެހިންގެ ޘަޤާފަތަކަށްވެއްޖެ
05 Oct 2025
ގުޅޭ ލިޔުންތައް
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.