އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ރޭގެ މުޒާހަރާގެ ތެރެއިން -- ވޮއިސް ފޮޓޯ
ހަބަރު
04 Oct 2025 | 22:14
ސަރުކާރަށް ދެ އަހަރުވުމާ ދިމާކޮށް އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

މި އަންނަ މަހުގެ 17 ވަނަ ދުވަހު އަނެއްކާ ވެސް މަގުމަތީގެ ބޮޑު ހަރަކާތެއް ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން އެގޮތަށް ނިންމައިފައިވަނީ މިރޭ އެޕާޓީން ބޭއްވި ކުއްލި ޤައުމީ މަޖިލީހުގެ ޖަލްސާގައި ހުށަހެޅި ޤަރާރެއް ފާސްކޮށްގެންނެވެ.

ޖަލްސާގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި މިދިޔަ ދައުރުގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު ސަލީމް (ސައްލެ) އެ މަޖިލީހަށް ހުށަހެޅުއްވި އެ ޤަރާރުގައި ބުނީ، މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ބައިވެރިވި ރައްޔިތުންނަށް ހުރަސްއެޅުމަށް ރައީސް މުޢިއްޒުގެ އެންގުމަށް އެކި ކަންކަން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އެލްރާޑްގެ ބޭނުންކުރުމުގެ އިތުރުން، އެ އެއްވުމުގައި ހައްޔަރުކުރި އެއްވެސް މީހަކަށް ޤާނޫނީ ވަކީލަކާއި އަދި ޑޮކްޓަރަކަށް ދެއްކުމުގެ ހުއްދަ ދީފައިނުވާއިރު އެކަންކަަމަކީ ޤާނޫނު އަސާސީއާއި ޚިލާފު ކަންކަމެއް ކަމަށް ވެސް ވެސް އެ ޤަރާރުގައި ބުންޏެވެ. 

އަދި އެލްރެޑް އަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ މުޢަހަދާއެއް ކަމުގައިވާ ކޮންވެންޝަން އެގެއިންސްޓް ޓޯޗާގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެވޭއިރު ވެސް، އެ ހަތިޔާރު އެ އެއްވުމުގައި ބޭނުންކުރީ އެފަދަ ޙާލަތެއް އޮވެގެން ނޫންކަމަށް ޤަބޫލުކުރެވޭ ކަމަށް އެ ޤަރާރުގައި ބުންޏެވެ.

ރައްޔިތުންނަށް އަނިޔާވެރިވުމަށް ސީދާ ރައީސް މުޢިއްޒުގެ އެންގެވުމަށް ފުލުހުން މިހާތަނށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންގެ ކަންފަތަށް ގެއްލުންވެ ނަފްސާނީ ގޮތުން އުނދަގޫވުމުގެ އިތުރުން، ސިއްޚީ އެހެނިހެން މައްސަލަތައް ވެސް ކުރިމަތިވެފައިވާކަން އެނގޭހިނދު، ދެންނެވުނު ޢަމަލަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ މުޢަހަދާއެއް ކަމުގައިވާ ކޮންވެންޝަން އެގެއިންސްޓް ޓޯޗާގެ ދަށުން މުޅިން މަނާކޮށްފައިވާ ކަމެއް ކަމަށް ފާހަގަކުރެވޭ ހިނދު، ދެންނެވުނު ހަތިޔާރު ބޭނުންކުރީ އެފަދަ ޙާލަތެއް އޮވެގެން ނޫންކަމަށް ޤަބޫލުކުރެވޭ ހިނދު، ދެންނެވުނު އެއްވުމުގެ ތެރެއިން އަނިޔާވެރިކަމާއި އެކު އެއްވެސް މީހަކަށް ޤާނޫނީ ވަކީލަކާއި ބައްދަލުކުުރުމުގެ ފުރުސަތު ދީފައިނުވުން އެކަމަކީ ޤާނޫނު އަސާސީއާއި ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވީހިނދު..،

އެމްޑީޕީގެ ޤަރާރު

އިތުރަށް އެ ޤަރާރުގައި ވަނީ އެމްޑީޕީގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންެ ބަންދަށް 15 ދުވަސް ޖަހައިފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެހެންކަމުން މިވަގުތު އެ ފަރާތްތައް އެތިބީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭ ކަމަށެވެ.

ދެންނެވުނު އެއްވުމުގައި ޤާނޫނާއި ޚިލާފު އަދި ބާރުގެ ނުބައްދަލު ބޭނުންކޮށް މީހުން ހައްޔަރުކުރުމަށްފަހު ޤާނޫނީ ވަކީލަކާއި ބައްދަލުކުރުމުގެ ފުރުސަތުނުދީ އަދި އެއްވެސް ކުށެއްގެ ހެއްކެއްނެތި ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްވީ ސަބަބަށްޓަކައި މިވަގުތު އެމީހުން ބައިތިއްބައިފައި އެވަނީ ޣައިރު ޤާނޫނީ ބަންދެއްގައިކަން ކަނޑައެޅިގެން އެނގޭހިނދު، އަދި ދެންނެވުނު އެއްވެސް މީހަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައިނުވަނީ އެމީހުންނަށް ކޮށްފައިވާ އަނިޔާތަށް ހާމަވެގެން ހިނގައިދާނެ ކަމަށް ދެކޭ ހިނދު، ދެންނެވުނު ސަބަބުތައް ހުރުމާއެކު އަންނަނިވި ކަންކަމަށް އިޤުރާރުވަމެވެ.

އެމްޑީޕީގެ ޤަރާރު

އެހެންކަމުން އެމްޑީޕީގެ ޤަރާރުގައި ވަނީ ތިންކަމެއް ކުރަން އެއްބަސްވެފައެވެ. އެއީ:

1. ރައީސް މުޢިއްޒުގެ ސީދާ އެންގެވުމަށްދިން އަނިޔާތައް ކުށްވެރިކުރުމާއެކު ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

2. ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ދިފާޢުކުރުމަށްޓަކައި ކުރަމުންމިގެންދާ މަސައްކަތް  އެއްވެސް ހުއްޓުމެއް ނެތި ކުރިޔަށްގެންދިޔުން

3. ދެންނެވުނު އެއްވުމުގައި ރައްޔިތުން އެދުނު ޑިމާންޑްތައް ފުއްދައިނުދޭނަމަ މި ފެށޭ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ދިމާކޮށް މާލޭގައި އަލުން ބޮޑު އެއްވުމެއް ބޭއްވުން

އެ ޤަރާރު ފާސްކޮށްފައިވަނީ އެ ޤައުމީ މަޖިލީހުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ފާހަގަކުރެވޭ ގޮތުގައި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުންކަމުގައިވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އާއި އެ ޕާޓީގެ ކ. މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާޙް ވެސް ވަނީ ހައްޔަރުކޮށްފައެވެ. 

އެގޮތުން އެ ތިން ބޭފުޅުންނާއެކު އިތުރު ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ޖެހުމަށް މިއަދު ކޯޓުން ވަނީ ނިންމާފައެވެ.

އަދި އެމީހުންގެ އިތުރުން ވެސް އިތުރު އެކަކު ފުލުހުން ބަންދުކުރިއެވެ. އެހެން ނަމަވެސް އޭނާ ވަނީ މާލެއިން ބޭރަށް ނުދިއުން ފަދަ ޝަރުތުތަކާ އެކު ކޯޓުން ދޫކޮށްފައެވެ.

އެ މީހުން ހައްޔަރުކުރިއިރު،  ފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ ހައްގު ނުދިނުމުގެ ކަންބޮޑުވުން މިއަދު ވެސް އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް
ޢަލީ
އަހަރެންގެ ޤަރާރު! 2018 ނޮވެމްބަރުން 2023 ނޮވެމްބަރަށް ވެރިކަންކުރި ސަރުކާރުން ވެފައިވާ ޚިޔާނަތް ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލަން. ކަނޑުވިއްކައިލުން އެންމެއަވަހަށް ބެލުން
05 Oct 2025
ޢަލީ
ކުރީ ސަރުކާރުގެ ވައްކަންބަލާ އަވަސް ފިޔަވަޅު އަޅަން ގޮވާލަން އަހަރެމެން ޕާޓީއަކަށް ނުވާ ރައްޔިތުންވެސް ނިކުންނަށްވާނެ
05 Oct 2025
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.