ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) -- ފޮޓޯ: މަޖިލިސް
ހަބަރު
06 Oct 2025 | 10:52
ދާއިމީ ބައްޔަށް ފަރުވާކުރާ ފަރާތްތަކަށް ކުރިން ޕެންޝަން ފައިސާ ލިބޭނެ އިސްލާހެއް ހުށަހަޅައިފި

ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް އުމުރުން 65 އަހަރު ފުރުމުގެ ކުރިން ޕެންޝަން ފައިސާ ލިބޭނެ މަގު ފަހިކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާޙުގެ ބޭނުމަކީ އެފަދަ ހާލަތްތަކުގައިވާ ފަރާތްތަކަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ބުރަ ކުޑަކޮށް، އެ ފައިސާ ހޯދުމުގެ އިޖުރާއަތުތައް ފަސޭހަކުރުމަށް ބަދަލުތަކެއް ގެނައުން ކަމަށް ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ޓާމިނަލް އިލްނެސް" ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަކީ މި އިސްލާހުގެ މުހިންމު ބޭނުމެއް ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުން އަންނަ ޕެންޝަނާ ބެހޭ ގާނޫނުގައި ދާއިމީ ބަލި ތަހައްމަލުކުރާ މީހުންނާ ގުޅޭ ގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ހިމެނިފައެއް ނުވެއެވެ. އަދި "މެޑިކަލް ޕްރޮގްނޯސިސް" އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް މިހާރަކު ނެތް ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

އަދި އެ ބިލާއެކު އެފަދަ ބަލިމީހުންގެ ހާލަތު ވަޒަންކުރުމަށް ޕެންޝަން އޮފީހުން މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އެކުލަވާލާނެ ކަމަށާއި، އެ ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމުކުރަން އިސްލާހުގައި ހިމަނައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.