ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަނގެތީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Oct 2025 | 11:54
ދަނގެތީ ބިން ހިއްކުން ކުރިޔަށްގެންދާނީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް: ރައީސް

އދ. ދަނގެތީގެ ބިން ހިއްކުން ކުރިޔަށްގެންދާނީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ރަށަށް ބޭނުންވާ މުހިންމު ގިނަ ކަންކަމެއްގެ މަަސައްކަތް މިއަދު ފެށިފައިވާކަމަށާއި، އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ ވެސް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތްތައް ފައްޓަވައިދެއްވުމަށްކަމަށެވެ.

އެގޮތުން އެ ރަށުގެ ސްކޫލްގައި 10 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަޝްރޫއަކީ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް މަޝްރޫއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވީ އެ މަސައްކަތް ނިމުމުން ރަށުގެ ސްކޫލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިޭނެ ކަމަށާއި، ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.

އަދި އެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފައްޓަވައި، ވަރަށް ބާރަށް ކުރިޔަށްގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތިުރުން އެ ރަށުގެ ބިން ހިއްކުމާއި ބަނދަރުގެ މަޝްރޫއާއި ގުޅިގެން ރައީސް ވިދާޅުވީ، އެ މަޝްރޫއަކީ ރަށުގެ ޒުވާނުންނަށް ގޯތި ދިނުން ނޫނީ ގެދޮރުގެ މައްސަލަ ފަދަ ހުރިހާ ކަމަކަށް ލިބޭނެ ޙައްލެއް ކަމަށެވެ. އެގޮތުން އެ އެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށާއި،  އެއާއެކީގައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ ވެސް ވަރަށް މުހިންމު މަޝްރޫއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ މި ތިން ކަންތައް، ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީސީސީން ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް. އިރާދަކުރެއްވިއްޔާ ވަރަށް އިސްކަން ދީގެން މަސައްކަތް ކުރިއަށް ދާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިއަދުގެ ދަތުރުފުޅުގައި ރައީސް ވަނީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ރައްޔިތުން ބޭނުންވާގޮތަށް ދިގުމުއްދަތުގައި ބޭނުންކުރެވޭނެ ގޮތަށް އެ ބަނދަރު ހައްދަވައިދެއްވުމާއި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށްދިނުމުގެ އިތުރުން ރަށުން ބިން ހޯދުމަށް ރައްޔިތުން އެދޭކަމަށާއި ރަށުން ބިން ހިއްކަވައިދެއްވުމަށާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކޮށްދެއްވައި، ރަށުގައި ޑޮލަރު އޭ.ޓީ.އެމް. އެއް ބަހައްޓަވައިދެއްވުމާއި، ރަށްގިރުން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށުގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލަރުން އެދިވަޑަގެންނެވިއެވެ. މީގެއިތުރުން ސްކޫލުގެ އިމާރާތުގެ ހާލަތު ރަނގަޅުކުރުމަށް، ސްކޫލަށް އިތުރު އިމާރާތާއި ކްލާސްރޫމްތައް ބޭނުންވާކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.