ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު -
ހަބަރު
07 Oct 2025 | 12:43
ރާއްޖޭގައި މިހާރު ގިނައިން ހޯދަނީ ދެދަރިން، އެކަން ބަދަލުކުރަންޖެހޭ: މެމްބަރު ހަމީދު

ރާއްޖޭގައި މިހާރު އެކެއް ނުވަތަ ދޭކަށްވުރެ ގިނަ ދަރިން ނުހޯދުމަކީ ފެޝަނަކަށްވެފައިވާ ކަމަށާއި އެކަން ބަދަލުކުރުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހަމީދު ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އެދޭ ކަމަށާއި، އާބާދީ އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިނާޔަތެއް ދީގެން ވެސް އެކަންކުރުމަށް އެދޭ ކަމަށެވެ.

އަޅުގަނޑު ހަމަ ދިވެހި ސަރުކާރަށާއި ދިވެހިރާއްޖޭގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަން ދިވެހިރާއްޖޭގެ އާބާދީ އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އަދި އެހީތަކާއި އިންސެންޓިވްތަކެއް ދީގެން ނަމަވެސް މިކަން ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު

މެންބަރު ހަމީދު ވިދާޅުވީ، އެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށާއި، އެކަން އެހެން ނުވެއްޖެނަމަ ކުރިއަށް އޮތް 40 ނުވަތަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އިތުރުވުން މައިނަސް އަދަދަކަށް ދާނެ ކަމަށް ސާވޭތަކުން ދައްކާ ކަމަށް މެންބަރު ވިދާޅުވިއެވެ. 

އަދި 65 އަހަރުވެ ރީޓަޔާ ކުރަން ޖެހޭ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި މިހާރު އޮތް ބައި ބަދަލުކޮށް، ރިޓަޔާ ކުރުން މީހުންގެ އިހްތިޔާރަށް ދޫކޮށްލަން ޖެހޭ ކަމަށް ވެސް މެންބަރު ވަނީ ވިދާޅުވެފައެވެ.

މެންބަރު އެފަދައިން ވިދާޅުވިއިރު، ޤައުމީ ތަފާސް ހިސާބުތަކާއި ބެހޭ އިދާރާގެ ހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގެ އާބާދީގެ ޖުމްލަ ފާޓިލިޓީ ރޭޓް ވަނީ 1990 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން 1990 ވަނަ އަހަރު އޭރު ކޮންމެ އަންހެނަކު އެވްރެޖް ގޮތެއްގައި 6 ކުއްޖަކު ހޯދާއިރު، 2022 ވަނަ އަހަރު އެ އަދަދު ވަނީ އެއް ކުއްޖަކަށް ދަށްވެފައެވެ.

ކޮމެންޓް
އައިސަން
ސޮރީ ކާންޓް އެފޯޑް
07 Oct 2025
މަނިކު
މެމްބަރު ކިތައް ކުދިންތިބޭތޯ
07 Oct 2025
ރާއްޖެ soru
2؟ ކީވެބާ؟ އާން ދަރިން ގެންގުޅޭނެ ޖިފުޑިއެއް ހުރި ނަމަތާ އަދި ދަރިއެއް ހޯދޭނީވެސް...
08 Oct 2025
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.