ގެދޮރުވެރިޔާގެ ފްލެޓެއް -- ވޮއިސް ފޮޓޯ
ހަބަރު
08 Oct 2025 | 10:47
ގެދޮރުވެރިޔާގެ ފްލެޓްތައް ވިއްކާލަން އުޅޭކަމަށް ބުނެ ހުށަހެޅި މައްސަލަ އެޖެންޑާނުކުރި

ގެދޮރުވެރިޔާގެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކެއް ވިއްކާލަން އުޅޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާނުކޮށް ބޭރުކޮށްފިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލައަކީ ގެދޮރުވެރިޔާގެ ފުލެޓުތައް ވަކި ބަޔަކަށް ދޭން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ވަކި ގުރުއަތެއް ބާއްވަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ކުއްލި މައްސަލަ މިއަދަށް އެޖެންޑާނުކުރުމުން މައުރޫފް ވަނީ މަޖިލީހުގެ ޖަލްސާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ 197ވަނަ މާއްދާގައި ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މެންބަރު ހުށަހެޅުއްވި މައްސަލައަކީ ހަގީގަތެއްކަން ބަޔާންކޮށްދެވިފައނުވާކަމަށް ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ މައްސަލަ މަޖިލީހަށް ހުށަހެޅެން ނެތް ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ގެދޮރުވެރިޔާގެ 4،000 ފްލެޓުގެ ތެރެއިން ބައެއް ފްލެޓުތައް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކަތަކެއް މި ދޭތެރެއިން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އާންމުންގެ އެކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، 15 ނޮވެމްބަރުގައި 2023ގައި އިއުލާނުކުރި ލިސްޓަކީ އެންމެ ފައިނަލް ލިސްޓު ކަމަށާއި، ފްލެޓް ދިނުމުގައި ވެސް އަމަލުކުރާނީ އެ ލިސްޓާއެކު ކުރެވުނު އިއުލާނުގައިވާ ގޮތަށް ކަމަށެވެ.

އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިވި ނަމަވެސް، ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެފަދައިން ލިސްޓަށް އައު ބަޔަކު އިތުރުކުރުމުގެ ފުރުސަތު ވެސް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.