މަޖިލީހުގެ ކޮމިޓީގައި އޮޑިޓަ ރޖެނެރަލް.. ފޮޓޯ: މަޖިލިސް
ހަބަރު
08 Oct 2025 | 13:46
ފެނަކައިގެ އޮޑިޓް ކުރަންބެލިއިރު، ބޭނުންވާ ގިނަ ލިޔެކިޔުންތައް ފެންނަން ނެތް: އޮޑިޓަރ

ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ފެށިއިރު، އެކަމަށް ބޭނުންވާ ގިނަ އދަަދެއްގެ ލިޔެކިޔުންތައް ފެންނަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ފާހަގަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ އޮޑިޓް އޮފީހުން އެންމެފަހުން ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯތް ތައްޔާރުކުރަން ބެލިއިރު، އެކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފެންނަ ހިސާބުގައި ނެތްކަމަށެވެ. ސިސްޓަމްތަކަށް ނާލާ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ ލިޔެކިޔުންތައް ހުރިކަމަށް ނިޔާޒީ ވިދާޅުވިއެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ ފެނަކަ އޮޑިޓްކުރުން ދިގުލައިގެންދިޔައީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓިފައިނުވާތީކަމަށެވެ. 

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަން ފަދަ ކަންކަމަކީ ނެރޭ އޮޑިޓް ރިޕޯތަކުން ފަރުޖައްސާލެވޭނެ ކަމެއް ނޫންކަމަށާއި، މިކަމުގައި ޒިންމާ ނަގަންޖެހޭ ވަރަށް މުހިންމު ފަރާތްތަކެއް ތިބިކަމަށެވެ. އެގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އެސްއޯއީތަކުގެ ބަލަދުވެރިފަރާތް ޕީސީބީގެ ޒިންމާ ބޮޑުކަން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. 

ނިޔާޒީ ވިދާޅުވީ އެސްއޯއީތަކަކީ ދައުލަތުގެ ބައިތުލްމާލުން ސަބްސިޑީ ދީގެން ހިންގާ ތަންތަންކަމަށްވީއިރު، ސަބްސިޑީ ދޫކުރުމުގައިވެސް ބަލަންޖެހޭ ކަންތައްތައް އެބަހުރިކަމަށެވެ. އެގޮތުން ފެނަކަ ފަދަ ކުންފުނިތަކަކީ މީގެ ކުރިންވެސް އޮޑިޓްތައް ކުރެވި، ކުންފުނިން އުސޫލުން ބޭރުން ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށެވެ. އެގޮތުން އެ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތައްވެސް ބަލައި އެކަންކަން މުރާޖައާ ކުރަންޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ފެނަކައިގެ މި އޮޑިޓް ރިޕޯޓަށް ބަލާއިރު، އެންމެ ފާހަގަކުރެވިގެން ގޮސްފައިވަނީ 2021 ވަނަަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ މައްސަލައެވެ. ފެނަކަ ހިންގުމަށް ސަބްސިޑީ ދެމުން އަންނައިރު، އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ފެނަކައަށް 4.03 ބިލިއަން ރުފިޔާގެ އެހީދީފައިވާކަމަށެވެ.

އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފެނަކައިން މަސައްކަތް ފަށާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.