ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު -- ފޮޓޯ: މިހާރު
ހަބަރު
08 Oct 2025 | 14:46
ރައީސާއި ކޮމެޓީގެ ލިސްޓުން ކުރީގައި އޮތް މަހާޒަށް ތަޅުމުން ރުހުން ނުދިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޖުޑިޝަރީ ކޮމިޓީގެ ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް މަޖިލީހުގެ ތަޅުމުން ރުހުން ނެތް ކަމަށް ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް ރައީސް ފޮނުއްވި ހަތް ބޭފުޅުންގެ ތެރޭގައި ވެސް އެންމެ ކުރީގައި އޮތް މަހާޒުއަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން ޖަލްސާގައި މަހާޒް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމަށް އައްޔަނުކުރަން ރުހުން ހޯދަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެން 46 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވަނީ މަހާޒު އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ. އޭނާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ ދެ މެންބަރުންނާއި ޕީއެންސީގެ ދެ މެންބަރުންނެވެ.

ފާހަގަކުރެވޭ ގޮތުގައި އިއްޔެ އޮތް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ވެސް މަހާޒަށް 97 އިންސައްތަ މާކްސް ލިިބިވަޑައިގެންނެވިއެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމަށް ފޮނުއްވިއިރު ވެސް، އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ މަހާޒްއަށެވެ.

މަހާޒް އަކީ މި މަޖިލީހުން ވަކިކުރެއްވި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ އެއް ފަނޑިޔާރެކެވެ. އޭނާ އެ މަގާމުން ވަކިކުރެއްވުމަށް ފަހު ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމަށް ރައީސް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތުމުން، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެކަމަށް ވަރަށް ބޮޑަަށް ފާޑުކިޔާފައެވެ. 

އެގޮތުން ސުޕްރީމު ކޯޓުން މަހާޒް ވަކިކުރެއްވި މަހާޒްއަކީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ ގާތުގައި "ކޮރަޕްޓް، ނަޒާހަތްތެރިކަމެއް އަދި އޮއްޓަރެއް ވެސް ނެތް" ފަނޑިޔާރެއް ކަމަށާއި، އެފަދަ ބޭފުޅަކު ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައީސް ފޮނުއްވައިފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

އެ މެންބަރު އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވަނީ އެކަމަށް ޖަވާބުދެއްވަމުން  ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި މި އުސޫލުން، އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ވެސް ހިނގައިދާނެ ކަމަަށް ވެސް ވިދާޅުވެފައެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން މަހާޒްއާއި އެކު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރައްވާފައިވަނީ ހުސްވި މޭއި މަހުގެ ތެރޭގައެވެ. އެ ފަނޑިޔާރުން ވަކިކުރެއްވިއިރު، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭރު ސުޕްރީމު ކޯޓަށް ވަނީ ހުށަހަޅާަފައެވެ.

އެކަމުގެ ތެރެއިން އޭރުގެ ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުޢޫދު ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.