އައްޑޫ ސިޓީ
ހަބަރު
08 Oct 2025 | 15:08
ކައުންސިލާއި ގުޅިގެން އައްޑޫގެ ތިން ރަށުގައި މިމަހުގެ 25 ވަނަ ދުވަހު ވޯޓު ނަގަނީ

އައްޑޫ ސިޓީ ކައުންސިލު އެކުލެވިފައިވާ ގޮތުގެ ސަބަބުން މީދޫ، ފޭދޫ އަދި ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު މި މަހުގެ 25ގައި އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން (އީސީ)އިން މިއަދު އިއުލާނުކޮށްފިއެވެ.

އިލެކްޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ، އެ އިންތިޚާބު ބާއްވާނީ މިހިނގާ އޮކްޓޯބަރުމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ޢާންމުކޮށް ވެސް ގުނާ ގޮތަށް، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް ވެސް އީސީން ބުންޏެވެ.

އެ އިއުލާނުގައި ބުނީ، ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި އެ ވޯޓުގެ ރަސްމީ ނަތީއްޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރުމަހުގެ 26 ވާ އާދިއްތަ ދުވަހު ކަމަށް ވެސް އެ އިއުލާނުގައި އީސީން ބުންޏެވެ. މި ވޯޓަކީ މިދިޔަ މަހު މަޖިލީހުން ފާސްކުރި އަދި އެ މަހުގެ 16 ވަނަ ދުވަހު ރައީސް ތަސްދީގުކުރެއްވި ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާނެ މިފަދަ ފުރަތަމަ ވޯޓެވެ.

އެ ގާނޫނުގެ ދަށުން ޔާލު ހޯދުމުގެ ވޯޓު ނަގަން މަޖިލީހަށް ފެނިއްޖެ ނަމަ އެ ވޯޓެއް ނަގަން ކަނޑައަޅާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.