ފައެނާ އާއި އޭނާގެ ފިރިމީހާ އަޒްހާދު ހައްޔަރުކޮށްގެން ގެންދަނީ.. ފަޔާޒު މޫސާ| މިހާރު
ހަބަރު
08 Oct 2025 | 16:22
ފައިނާ ދޫކޮށްލީ ޝަރުތުތަކަކާއެކު، އަޒްހާދުގެ ބަންދަށް 15 ދުވަސް

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު އާއި އޭނާގެ ފިރިމިހާ އަހުމަދު އަޒްހާދު ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ މައްސަލާގައި އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު ކޯޓުން ފައިނާ ދޫކޮށްލައިފި އެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ފައިނާގެ ދެމަފިރިން ދިރިއުޅޭ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެއިންކްރެސްޓް އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ދެމަފިރިން ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން ވެސް ވަނީ ޑްރަގް އެންފޯސްމަންޓުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދެންމެ ބުނީ އެތަނުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ. އަދި ހައްޔަރުކުރި ފިރިހެން މީހާ 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ޖިމާނު
މޮޅުމީހާ ވީމާ ވަނަވަރު ހާމައެއްނުކުރާނެ. ދެރަމީހާގެ ފޮޓޯ އާއި އާއިލާ ގެ ވަނަވަރު ވެސް ހާމަކުރާނެ. މީތޯ މިގައުމުގެ އިންސާފާ ހަމަހަމަކަން އޮންނަންޖެހޭ ގޮތަކީ. އަބަދުވެސް ނިކަމެތިންނަށް ނިކަމެތި ގޮތް. ބޮޑުންނަށް ބޮޑުގޮތް.
09 Oct 2025
ކަބަލުން
ތިވާބޮޑު ތެދެއް
09 Oct 2025
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.