ޢުމްރާގެ އަޅުކަމަށް ބަޔަކު ފުރަނީ... ފޮޓޯ: އެކްސް
09 Oct 2025 | 11:08
އިސްލާމީ ވުޒާރާގެ މަގާމުތަކުގައި ތިބެގެން އުމްރާ ކުންފުނިތައް ނުހިންގޭ ގޮތް ހަދަނީ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާ ގްރޫޕްތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިނުވެވޭ ގޮތް ހެދުމަށް މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެފަދައިން ނިންމަން މަޝްވަރާކުރަނީ އެ ވުޒާރާއަކީ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާއަށްވާތީއެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް 60 އަށް ވުރެ ގިނަ ކުންފުނި ހިންގާއިރު، އޭގެ ތެރޭގައި އިސްލާމީ ވުޒާރާގެ އެކި މަގާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނެއެވެ.

އެގޮތުން ޢުމްރާއަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގެ ދަށުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 20،000 ރުފިޔާ ދައްކަން ޖެހޭއިރު، ހުއްދަ އައުކުރާ ނަމަ ރަޖިސްޓްރޭޝަން ފީގެގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާއެވެ. އަދި އެ އުސޫލާއި ޚިލާފުވާ ފަރާތްތައް އެންމެ ކުޑަވެގެން 1،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ވެސް ކުރެވެއެވެ. 

އެގޮތުން އެކި މައްސަލަތައް ފެންމަތިވާ އުމްރާ ކުންފުނިތަކާ މެދު ވެސް އެ ވުޒާރާއިން މިހާރު ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ. 

ކޮމެންޓް
ކުއްސުރި
ތިބުނާ މުޒާހަރާގެ ގްރޫޕް އޮންނަނީ ދަރީންނާ އަނބީންނަށް ބަދަލްކޮށްފަ ހައްޖު ކޯޓާންވެސް ގްރޫޕްތަކަށް ނުދީ އެ ބައިން ކުރަނީ ވައްކަން
09 Oct 2025
ބަޗީ
އަދިވެސް ްއިތުރުކާންތައް އެބަހުރި. އިމާމުން ރެކްރޫޓުކުރުން ެސް މަނާކުރަންޖެހޭ.
09 Oct 2025
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.