ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ރައީސް ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Oct 2025 | 12:16
ވާދަވެރިކަން އޮންނަން ވާނީ ހެޔޮގޮތުގައި ކުރިއަށްދިއުމަށް: ރައީސް

އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަން އޮންނަންވާނީ ހެޔޮގޮތުގައި ކުރިއަށްދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ  ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހެޔޮ ގޮތުގައި ކުރިޔަށް ދިއުމުގެ ވާދަވެރިކަން އުފެއްދުމަކީ ދީނުގައި އޮންނަ އެންމެރަނގަޅު ގޮތްކަމަށެވެ. އެހެންކަމުން ހެޔޮގޮތް ހިޔާރުކޮށް ދީނުގެ މަގުގައި ކުރިޔަށް ދިޔުމަށް ނޫނީ ވާދަވެރިކަމެއް ނޯންނާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭނީ ޤުރްއާނާއި ދީނުން އަންގަވައިފައިވާ ގޮތަށް އެމަގުންކަމަށެވެ. އެހެންކަމުން އެ މަޤްސަދު ހާސިލްކުރުމަށް ހުރިހާ މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. 

ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ޤުރްއާން ކިޔެވުމަށް ހިތްވަރުދީ، ބާރު އެޅުމަށް ކަމަށެވެ. 

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއްދޭން ޖެހޭނީ ރިތި ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމަށް. ބާރު އެޅުމަށް. އެ ދާއިރާއިން ކުރިޔަށް ދިޔުމަށް. ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތައް އިސްކަން ދިނުމަށް ނިންމީ އެ މަޤްސަދު ޙާސިލްކުރުމަށް ކަމަށާއި، އެކަމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަށް ކޮށްދެވެން ހުރި ކަމެއް ކޮށްދިނުމަށް ކަމަށާއި، އެގޮތުން ރައީސް ވަނީ ސަރުކާރުގެ ވުޒާރާ އަދި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވެސް، ޤުރްއާން ކިޔެވުމުގެ މުބާރަތްތަކުގައި ވާދަކޮށް ރީތިކޮށް ޤުރްއާން ކިޔަވާނެ ކުދިންތަކެއް ގުޅިގެން އުފައްދައި ދިނުމަށް އެދިވަޑައިގަންނަވައިފައެވެ.

ކީރިތި ޤުރްއާން ކިޔެވުމަށް އަޅުގަނޑުމެންގެ ތުއްތު ކުދިންނަށާއި، ހުރިހާ ކިޔަވާ ކުދިންނަށް އަދި ޖުމްލަކޮށް ހަމަ ހުރިހާ ފަރާތްތަކަށް ވެސް ވާނެ އަޅުގަނޑުމެން ހިތްވަރުދީ، ކުރިޔަށް ދިޔުމަށް މަސައްކަތްކޮށްދޭން. އާދެ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަންކުރަން ޖެހޭނީ ޤުރްއާނުން އަޅުގަނޑުމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވައިފައިވާ ގޮތަށް. މާތްވެގެންވާ އިސްލާމް ދީނުގައި އަންގަަވައިފައިވާ މަގުގެ މަތިން. އެ މަގުން ކުރިޔަށް ދިޔުމަށް. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ޤައުމީ ޤުރްއާން މުބާރާތުގެ ވަނަތައް މިއަދު އިއުލާނުކޮށްފައިވާއިރު މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔެވޭނެ ފުރުސަތު ދޭން ވެސް ރައީސް ވަނީ ނިންމަވާފައެވެ. ރައީސްގެ އެ ނިންމެވުމާއި އެއްގޮތަށް މިފަހަރުގެ ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ބައިތަކުން މުޅި މުބާރާތުން އެއްވަނަ ހޯދި ތިން ފަރާތަށް އެ އިނާމުތައް ވަނީ ދީފައެވެ.

މިފަހަރުގެ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ހޯދައިފައިވަނީ ފާޠިމަތު ޝާޔާ ޒާހިރު، ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޟާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.
02 Aug 2026
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް