ރައިޓްސް އެސޯސިއޭޝަން އުފެއްދުން --
ހަބަރު
16 Oct 2025 | 16:10
ރައިޓްސް އެސޯސިއޭޝަންގެ ނަމުގައި އައު ޖަމިއްޔާއެއް އުފައްދަވައިފި

ރައިޓްސް އެސޯސިއޭޝަންގެ ނަމުގައި އައު ޖަމިއްޔާއެއް އުފައްދައިފި އެވެ.

މިއީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފު ނުވާނެ ގޮތުގެ މަތިން، އެންމެހައި ޙައްޤުތައް ކުރިއަރުވައި ޙިމާޔަތް ކުރުމުގެ މަގްސަދުގައި އުފެއްދި ޖަމިއްޔާ އެކެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތްތަޔަކީ މުޖުތަމަޢުގެ އަފުރާދުންނަށް ލިބިދީފައިވާ ޙައްޤުތަކާ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި އެ ޙައްޤުތައް ކަށަވަރުކުރުމަށް ޖަމްޢިއްޔާ ފެންވަރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރައިޓްސް އެސޯސިއޭޝަން އުފެއްދުން --

ރޭ އަރަބިއްޔާ ސުކޫލުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މި ޖަމްޢިއްޔާގެ އިފްތިތާޙީ ޖަލްސާގައި ވާހަަކަ ދައްކަވަމުން ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޒަމްޒަމް ފާރިޝް ވަނީ އިހުގައި ދިވެހިރާއްޖޭގައި ދީނީ ޢިލްމުވެރިންނާއި ދީނަށް އުޅުމަށް މަސައްކަތް ކުރި ގިނަ ބަޔަކު، އެމީހުންގެ ޙައްޤުތަކުން މަޙްރޫމު ކުރެވުނު ގޮތާ މެދު ވާހަކަ ދައްކަވާފަ އެވެ. އަދި އެކަންކަން ކުރިއަށް އޮތް ޖީލުތަކަށް ކުރިމަތި ނުވާނެ ގޮތް ހޯދައިދިނުމުގެ މުހިންމު ކަމާ މެދު ވެސް ޝައިޚް ވާހަކަ ދައްކަވާފައި ވެއެވެ.

ރައިޓްސް އެސޯސިއޭޝަން އުފެއްދުން --

ރޭގެ ޖަލްސާގައި، ޖަމްޢިއްޔާގެ ލޯގޯ ތަޢާރަފު ކުރުމާއި، އޭގެ މާނަތައް ތަފުޞީލު ކޮށްދިނުން ވެސް ކުރިއަށް ދިޔައެވެ. ލޯގޯ ތަޢާރަފު ކޮށްދެއްވީ، ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ޒިޔާދު ރަޝާދެވެ.

ރައިޓްސް އެސޯސިއޭޝަން އުފެއްދުން --

މީގެ އިތުރުން، ވޭތުވެދިޔަ މާޒީގައި ސުންނަތަށް ޢަމަލު ކުރުމަށް މަސައްކަތް ކުރެއްވި ގިނަ ދިވެހި ރައްޔިތުންތަކަކަށް ކުރިމަތިވި ގޮންޖެހުންތަކާއި، ލިބުނު އަނިޔާތަކާ މެދު ޖަމްޢިއްޔާގެ އެޑްވައިޒަރީ ބޯޑު މެންބަރު އައްޝައިޚް އާދަމް ނިޝާން ވަނީ އެ ޖަމިއްޔާގެ ބައިވެރިންނާ ހިއްސާ ކުރެއްވި އެވެ.

ރައިޓްސް އެސޯސިއޭޝަން އުފެއްދުން --

އަދި ޒަމާނަށް އަންނަ ބަދަލުތަކާ އެކު، އިސްލާމްދީނާ އެދީނުގެ އަހުލުވެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ޓަކައި ބޭނުންކުރަންޖެހޭ ވަޞީލަތްތައް ތަރައްޤީކޮށް އެކަންކަމަށް ހެޔޮ ބަދަލުތައް ގެނައުމުގެ މުހިންމުކަމާ މެދު ވެސް ޝައިޚް ނިޝާން ވާހަކަފުޅު ދެއްކެވިއެވެ.

އޭގެ ފަހުން ވަނީ އެ ޖަމްޢިއްޔާގެ މީސްމީޑިއާގެ މަންސަތައް އިފްތިތާޙު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.