"ހުޝިޔާރު" ނަމުގައި ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭން ވެބްސައިޓެއް ތައާރަފުކުރުން --
ހަބަރު
17 Oct 2025 | 20:06
"ހުޝިޔާރު" ނަމުގައި ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭން ވެބްސައިޓެއް

"ހުޝިޔާރު" ނަމުގައި ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ހާއްސަ ވެބްސައިޓެއް ތަޢާރަފު ކޮށްފި އެވެ. 

މިއީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން ތައާރަފުކުރި ވެބްސައިޓެކެވެ. ހުޝިޔާރު ކެމްޕެއިންގެ އެންމެ މުހިންމު އެއް މަގްސަދަކީ ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

"ހުޝިޔާރު" ނަމުގައި ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭން ވެބްސައިޓެއް ތައާރަފުކުރުން --

މި ވެބްސައިޓަކީ މުޖުތަމައުއަށް މައުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި ޢަމަލީ ގޮތުން އަޅާނެ ފިޔަވަޅު ތަކުގެ މައުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް  ޕްލެޓްފޯމެއް ކަމަށާ މި ޕްލެޓްފޯމުން އަރައްކާތަކާއި ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށްބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަދި މި ޕްލެޓްފޯމް ފަސް ބަހަކުން ބޭނުންކުރެވޭނެ ކަމަށާ މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ވަނީ ބުނެފަ އެވެ.

"ހުޝިޔާރު" ނަމުގައި ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭން ވެބްސައިޓެއް ތައާރަފުކުރުން --

"ހުޝިޔާރު" ވެބަސައިޓް ތައާރަފުކޮށްފައި ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގަ އެވެ. ކުޑަކުދިންނާއި މުޅި މުޖްތަމައުއަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތުގައި ދިވެހިރާއްޖޭގެ ކާރިސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިނޫންވެސް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް، 20 ފަރާތަކުން ވަނީ ދިވެހިރާއްޖެ ވިލުންތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދީފަ އެވެ.

"ހުޝިޔާރު" ނަމުގައި ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދޭން ވެބްސައިޓެއް ތައާރަފުކުރުން --

ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައިބަޔާންކޮށްފައިވާ "އިޖާބަދިނުމަށް މުޖުތަމަޢު ބާރުވެރިކުރުވުން" މި މުހިންމު އަމާޒަށް ވާސިލް ވުމަށްޓަކައި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ހާއްސަ ވެބްސައިޓެއް މިއަދު ޤާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.