އީޒެޕު --
ހަބަރު
18 Oct 2025 | 10:40
އީޒެޕްގެ އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ދަންމާލައިފި

ރާއްޖޭގެ އެންމެ ފުރަތަމަ ސުޕަ އެޕް، އީޒެޕުން އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ހުޅުވާލީ އުމްރާ ދަތުރުލިބޭ ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ދަންމާލައިފިއެވެ.

މިދިޔަ ޖޫންމަހުން ފެށިގެން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް އަދި ކަސްޓަަމަރުންނަށް ހުޅުވާލި މި ޕްރޮމޯޝަނުގެ މުއްދަތު ހަމަވާން އޮތީ މި ހިނގާ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. އީޒެޕުން ފެށި މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި ފަރާތްތައް އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނީ ޤިބްލަ ގްރޫޕާއެކުގައެވެ.

އެގޮތުން މި އަހަރުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

އީޒެޕް އާއި ޤިބްލަ ހައްޖު ގްރޫޕާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: އީޒެޕް

އީޒެޕުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފައިވަނީ އިތުރު ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. 

އުމްރާ ދަތުރުގެ ކެޓެގެރީ ތައް

- ކަސްޓަމަރ ކެޓެގެރީ

- ސައިކަލު ކެޓެގަރީ

- ކާރު/ޕިކަޕް ކެޓެގަރީ

އީޒެޕުން ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ޓެކްސީ ކޮށްދިނުމުގެ އިތުރުން އީޒެޕްގައި ހިމެނޭ ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ޑެލިވަރ ކޮށްދޭ ޕަބްލިކް ޑްރައިވަރުންނަށްވެސް ސައިކަލު ކެޓެގެރީން ބައިވެރި ވެވޭނެއެވެ.

މި ޕްރޮމޯޝަން ފަރުމާ ކުރެވިފައިވަނީ، ގިނައިން ދަތުރު ނަގާ ނުވަތަ ޑެލިވަރީ ކުރާ ޑްރައިވަރުންނާއި، އަދި ދަތުރު ކުރާ ކަސްޓަމަރުންނަށް، އުމްރާ ދަތުރު ލިބުމުގެ ފުރުސަތު އިތުރުވާނެ ދާނެގޮތަށެވެ.

ކާރާއި ޕިކަޕް އަދި ސައިކަލް މެދުވެރިކޮށް ދަތުރުކުރާ ކަސްޓަމަރުންނަށްވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭއިރު، އުމްރާ ދަތުރު ލިބޭ ކަސްޓަމަރެއް ކަނޑައަޅާނީ ކާރާއި ޕިކަޕް އަދި ސައިކަލްގައި އެ މުއްދަތުގެ ތެރޭގައި ދަތުރުކުރި ފަރާތްތަކުގެ ދަތުރުތައް އެއްކޮށްލުމަށްފަހު ނެގޭ ގުރުއަތަކުން ކަމަށް އީޒެޕުން ބުނެއެވެ.

މިހާރު ވެސް ޑްރައިވަރުންނަށް ހިލޭ މި އެޕުން ދަތުރުކުރެވޭއިރު، އެޕްލިކޭޝަން އެޕްރޫވް ކުރުމުގައި ދަތިތައް ދިމާވާ ޑްރައިވަރުން 7560606އިން ވަޓްސްއެޕްކޮށް، ޒެޕާމޭންގެ އެހީތެރިކަން ހޯދަން އެ އެޕުން ވަނީ އެދިފައެވެ.

އީޒެޕަކީ ރާއްޖޭގެ އެންމެ ޒަމާނީ އެއް އެޕަށްވާއިރު، މި އެޕުގައި ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ ވަނީ އިންޓެގްރޭޓްކޮށްފައެވެ. އޭގެ ސަބަބުން ކާޑު ސޭވްކޮށް، ވަން ޓެޕް ޕޭމެންޓްސް ހެދޭނެ ކަމަށް އީޒެޕުން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.