ބާސެލޯނާގެ ކޯޗު ހެންސީ ފްލިކު --
ކުޅިވަރު
18 Oct 2025 | 11:45
ވިލަރެއަލް މެޗު މަޔާމީގައި ކުޅެން ހިތްހަމަ ނުޖެހޭ: ފްލިކް

ސްޕެއިންގެ ލަލީގާގައި ބާސެލޯނާ އަދި ވިލަރެއަލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅެން ހިތްހަމަ ނުޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު، ހެންސީ ފްލިކް ބުނެފިއެވެ.

މިރޭ ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކު ބުނީ، ބާސެލޯނާގެ އެ މެޗު މިއާމީގައި ބޭއްވުމަށް އޭނާ އަދި ކުޅުންތެރިން ވެސް ނުރުހޭ ކަމަށެވެ. އެހެން ނަމަވެސް ލީގުން ނިންމި ނިންމުމަށް އިޙްތިރާމުކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކުޅުންތެރިން ވެސް އަދި އަހަރެން ވެސް މިކަމާމެދު ހިތްހަމައެއް ނުޖެހޭ. އެކަމަކު ލަ ލީގާއިން ނިންމާފައި އޮތީ މެޗު މަޔާމީގައި ކުޅުމަށް. އެހެންވީމާ އަހަރުމެން އެ ނިންމުމަށް އިހުތިރާމްކުރާނަން. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫން،" ފްލިކު ބުންޏެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކުޅޭ އެ މެޗާއި ގުޅިގެން ސްޕެއިންގެ ކުޅުންތެރިންގެ ޔޫނިއަން (އޭއެފްއީ) އިން ވަނީ މި ހަފްތާގައި ކުޅުނު ހުރިހާ ލަ ލީގާ މެޗުތަކެއްގައި ކުރު އިހުތިޖާޖެއް ކޮށްފައެވެ. އެގޮތުން މެޗުތައް ފެށުމާއެކު ކުޅުންތެރިން 15 ސިކުންތު ވަންދެން ހުއްޓިލައިގެން ތިބީ ލީގުން ނިންމާ ނިންމުންތަކުގައި ހާމަކަން ބޮޑުކޮށް، ކުޅުންތެރިންނަށް އިހުތިރާމްކުރުމަށް އެދިއެވެ.

އެގޮތުން އޭއެފްއީގެ ރައީސް ޑޭވިޑް އަގާންޒޯ ބުނީ މި އިހުތިޖާޖަކީ ސްޕެއިންގެ ފުޓްބޯޅަ ބޭރު ގައުމުތަކަށް ތަޢާރަފުކުރުމާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް މިފަދަ ނިންމުންތައް ނިންމާއިރު ކުޅުންތެރިންނާއި ކްލަބުތަކާ މަޝްވަރާކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެ މެޗު މިއާމީގައި ކުޅުން ދިފާޢުކޮށް ލަ ލީގާގެ ރައީސް ހަވިއާ ޓެބާސް ބުނީ މި ނިންމުމަކީ ލީގުގެ މަޤްބޫލުކަން އިތުރުކޮށް، އާމްދަނީ އިތުރުކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި ދެ ޓީމަށް ވެސް ދަތުރުފަތުރުގެ އެހީތެރިކަމާއި އިތުރު އަރާމު ދުވަސްތަކެއް ދޭނެ ކަމަށް ލީގުން ވަނީ ވަޢުދުވެފައެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު، ރާއްޖެގަޑިން ހެނދުނު 6:00 ޖަހާއިރު. އެއީ އެމެރިކާގެ ގަޑިން ރޭގަނޑު 08:00 ޖަހާއިރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.