މެޗުގައި މޮޅުވި ލަނޑު ޖެހުމަށްފަހު އަރައުހޯ އުފާފާޅުކުރަނީ -- އޭޕީ
19 Oct 2025 | 11:16
ފަހު ވަގުތު ޖެހި ލަނޑުން ޖިރޯނާއަށް ޕޮއިންޓެއް ނުދީ ބާސެލޯނާ މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާ ކޮޅަށް ފަހު ވަގުތު ޖެހި ލަނޑުން ބާސެލޯނާ މޮޅުވެއްޖެއެވެ.

އެ މެޗުން ބާސެލޯނާ މޮޅުވެފައިވަނީ 1-2 ލަނޑުންނެވެ. އެ މެޗުގައި ބާސެލޯނާއިން މޮޅުވި ލަނޑު ޖަހައިފައިވަނީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައެވެ.

މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން މޮޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއިންނެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ބާސާއިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއެވެ. 

ހުނަރުވެރި ޒުވާން ލަމީން ޔަމާލް ދިން ބޯޅައަކުން ދެ ޑިފެންޑަރަކު ކަޓުވާލުމަށްފަހު ތިރީ ކަނަށް ފޮނުވާލި ބޯޅައިން ބާސާއަށް އެ ލަނޑު ޖަހައިދިނީ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ އަދި މިހާރު މެދަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޕެޑްރީއެވެ.

ބާސާގެ އެ ލަނޑާއެކު ޖިރޯނާ ވަރަށް ބޮޑަށް ކުރިއަށްޖެހި ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރިއެވެ. އޭގެ ނަތީއްޖާއެއްގެ ގޮތުން އެ މެޗުގެ 20 ވަނަ މިނެޓުގައި ޖިރޯނާގެ އެކްސެލް ވިޓްސެލް، ބައިސަލް ކިކަކުން ލަނޑެއް ޖެހިއެވެ. އެ ލަނޑު އޭނާ ޖެހީ ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ.

އޭގެ ފަހުން ވެސް މެޗުގެ ފުރަތަމަ ހާފުގައި ޖިރޯނާއިން ބާސެލޯނާގެ ގޯލަށް ވަރަށް ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް އެ ބޯޅަތައް ގޯލަށް ނުވަނުމުގައި ބާސާގެ ކީޕަރު، ޝެޒްނީގެ މޮޅު ކުޅުން ފާހަގަކުރެވުނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ބާސާއަށް ކުޅޭ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑު ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ބައެއް ބަދަލުތައް ކުރިއިރު، އޭގެ ތެރޭގައި ބާސާއިން މެދަށް ކުޅޭ ފްރެންކީ ޑެ ޔޮންގެ ބަދަލުގައި ޑިފެންޑަރު ރޮނާލްޑް އަރައުހޯ ކުޅެން ކުރިއަށް އެރުވިއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނެޓުގެ ތެރެއިން 3 ވަނަ މިނެޓުގައި ބާސާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ވެސް އަރައުހޯއެވެ.

މި މެޗުގައި ދެއްކި އިތުރު ވަގުތު މަދުވުމުގެ ސަބަބުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުން ބާސާގެ ކޯޗު ހެންސީ ފްލިކަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. ކުރިޔަށް ލީގުގައި ބާސާއަށް އޮތީ ވަރުގަދަ ރެއަލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ކަމުން، އެ ކާޑު ބާސާއިން އެޕީލް ކުރާނެ ކަމަށް ވަރަށް ބެލެވެއެވެ.

އެ ނަތީއްޖާއާއެކު ބާސާވަނީ ވާދަވެރި މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ އެއްވަނައަށް އަރާފައެވެ. އެ ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އެހެންކަމުން މިރޭ ރެއަލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ އެ ޓީމު އަނެއްކާ ވެސް އެއްވަނައަށް އަރާނެއެވެ.

ރޭގެ މެޗާއެކު ޖިރޯނާ އޮތީ ތާވަލުގެ 19 ވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ލިބިފައިވަނީ އެންމެ 9 ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.