ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. މާވަށުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Oct 2025 | 12:39
ރައީސް ލާމުގައި: މާވަށުގައި 7 މަޝްރޫއެއްގެ މަސައްކަތް މިއަދު ފަށައިފި

ލ. މާވަށުގެ މުހިންމު ހަތް މަޝްރޫއުއެއްގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުތައް ފަށައިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާވަށަށް ކުރެއްވި ޒިޔާރަތުގައެވެ. 

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެވެނީ މާވަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބެވެ.

އަދި އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރެވުނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

މާވަށުގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. މި މަޝްރޫއަކީ "މަގޭ ސާފު ރާއްޖެ" ޝިއާރުގެ ދަށުން ކުރިއަށްގެންދެވޭ ޚާއްޞަ މަޝްރޫއެކެވެ. މި މަރުކަޒު ގާއިމުކުރެވުމުން، ރަށުގައި އުފެދޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިގެންދާނެއެވެ.

މީގެއިތުރުން، މާވަށު ސްކޫލުގެ އާ އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއު އާއި 120 ދުވަހުގެ ތެރޭގައި ވޮލީ ކޯޓެއް ޤާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އަދި މާވަށުގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތާއި، ބީއެމްއެލް ބްރާންޗެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މިއަދު ފެށިފައިވެއެވެ. އަދި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދުވެސް ބައްލަވާލައްވާފައެވެ. އަދި އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ މަޝްރޫއުތަކުގެ އަދާހަމަ އެމަނިކުފާނު ވަނީ ދެއްވާފައެވެ. ފާހަގަކުރެވޭ ގޮތުގައި މިއީ މާވަށުގެ ތާރީޚުގައި ވެސް އެއްފަހަރާ މިހާ ގިނަ މަޝްރޫއުތައް ފެށި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް