ރެަލް މެޑްރިޑް އަދި ގެޓާފޭގެ މެޗުގެ ތެރެއިން --
ކުޅިވަރު
20 Oct 2025 | 13:25
9 ކުޅުންތެރިންނާއެކު ކުޅުނު ގެޓާފޭ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް

ވަރުގަދަ ގެޓާފޭ އަތުން ގަދަބާރު ރެއަލް މެޑްރިޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭ އާއި ދެކޮޅަށް މެޑްރިޑް ކުޅުނު މެޗު ނިމުނީ 0-1 ގެ ނަތީއްޖާއަކުންނެވެ. އެ މެޗުގެ ހަމައެކަނި ގޯލު މެޗުގެ 80 ވަނަ މިނެޓުގައި ތުރުކީގެ އަރުދާ ގުލާގެ ޕާހަކުން ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ޖެހި 10 ވަނަ ލަނޑެެވެ. 

މެޗުގެ ބޮޑު ބައެއްގައި ރިއަލް މެޑްރިޑްއިން ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް، ގެޓާފޭގެ ވަރުގަދަ ދިފާއީ ސަފު ފޫއަޅުވާލުން ވީ އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް މެޗުގައި ރިއަލް މެޑްރިޑްއިން 76 އިންސައްތަ ބޯޅަ ގެންގުޅެ، 23 ހަމަލާ ފޮނުވާލއިރު، ގެޓާފޭއިން ވަނީ 7 ޙަމަލާއެއް ފޮނުވާފައެވެ.

އެ މެޗުގައި ގެޓާފޭގެ ގޯލްކީޕަރު ޑޭވިޑް ސޯރިއާ ވަނީ ކައިލިއަން އެމްބާޕޭ އަދި ޑޭވިޑް އަލާބާގެ ހަމަލާތައް ހުއްޓުވާލާފައެވެ.

ވަރުގަދަ ކުޅުމެއް ކުޅުނު ގެޓާފޭއަށް މެޗު ބަދަލުވީ، އެ މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ގެޓާފޭގެ ސަބްސްޓިޓިއުޓް އެލަން ނިއޯމް، ވިނީސިއަސް ޖޫނިއާއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއެކުއެވެ. މެޑްރިޑުން އެ ޓީމުގެ ލަނޑު ވެސް ޖެހީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. 

ގެޓާފޭގެ ދެވަނަ ކުޅުންތެރިއަކަށް ރަތް ކާޑު ލިބުނީ އޭގެ ހަތަރު މިނެޓް ފަހުން، އެލެކްސް ސަންކްރިސް ވިނީސިއަސްއަށް ކުރި ފައުލަކާއި ގުޅިގެން ދެ ރީނދޫ ކަޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް، ގެޓާފޭގެ  އަބޫ ކަމާރާގެ ނުރައްކާތެރި ބޯޅައެއް މެޑްރިޑްގެ ކީޕަރު ޓިބޯ ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

މި މުހިންމު ކާމިޔާބާއެކު  މެޑްރިޑް ވަނީ ދެވަނައިގައި އޮތް ބާސެލޯނާއަށް ވުރެ 2 ޕޮއިންޓް އިތުރަށް ހޯދައި، ލީގު ތާވަލުގެ އެއްވަނައަށް އަރާފައެވެ. މެޑްރިޑްގެ ކުރިއަށް އޮތް މެޗަކީ އޮކްޓޯބަރު 22 ވާ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އަދި އޭގެ ފަހުން އޮކްޓޯބަރު 26 ވާ އާދީއްތަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް އެލް ކްލާސިކޯ ކުޅޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.