ރައީސް ޔާމީން --
ހަބަރު
23 Oct 2025 | 23:43
ޕީއެންއެފް އިންތިހާބު: ރައީސް ކަމަށް ޔާމީން، 20 މަގާމަށް 55 ބޭފުޅެއްް

ޕީޕަލްސް ނެޝަނަލް ފްރަންޓް -- ޕީއެންއެފްގެ ރައީސްގެ މަގާމަށް އެ ޕާޓީގެ ފައުންޑާ, ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވައިފި އެވެ.

އެންމެ ފަހުން އުފެދުނު ޕީއެންއެފްގެ އެތެރޭގެ އިންތިހާބަށް އޮތީ ހުޅުވާލާފަ އެެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އިރޮއޮއްސި ހަޔަކަށް ވަނީ ހަމަވެފަ އެވެ.

އެ ޕާޓީން ބުނީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ރައީސް ޔާމީން އެކަނި ކަމަށެވެ. އިތުރު 20 މަގާމަށް ވެސް ހުޅުވާލާފައި އޮތެވެ. އެ މަގާމުތަކަށް 55 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ.

މިއީ އެ ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ވަރުގަދަ ރޫހް ހާމަވެގެންދާ ކަމެއް ކަމަށް ބުނެފައިވެ އެވެ. ސަރުކާރު ހިންގާ ޕީއެންސީއާ ކެވެލި ޖެހިގެން ކުރީން އޮތް ޕީޕީއެމްގެ ލީޑަރުކަން ކުރެއްވި ކުރީގެ ރައީސް ޔާމީން, ޕީއެންއެފް އުފެއްދެވީ އެމަނިކުފާނާއި ސަރުކާރުގެ ގުޅުން ގޯސްވުމުން ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު އެވެ.

ރައީސް މުޢިއްޒުގެ ވިސްނުންފުޅަކަށް ވެވަޑައިގަތީ ޕީޕީއެމް ބޮޑުކުރުމުގެ ބަދަލުގައި އެމަނިކުފާނު ރައީސްކަން ކުރައްވާ ޕީއެންސީ ބޮޑު ކުރެއްވުމެވެ. ނަތީޖާއެއްގެ ގޮތުން ޕީޕީއެމްގެ ލީޑާޝިޕާއި އާންމު މެންބަރުން ވަނީ ޕީއެންސީއަށް ބަދަލުވެފަ އެވެ. ފަހުން ޕީޕީއެމް އުވާލީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.