އެމްޓީސީސީން ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން -- ފޮޓޯ: އެމްޓީސީސީ
ހަބަރު
28 Oct 2025 | 12:08
ނައިފަރު ފަޅުން 45 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ފަށައިފި

ޅ. ނައިފަރު ފަޅުތެރެއިން 44.8 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޝާ މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އާއި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރާއިރު، ބިން ހިމާޔަތް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެއެވެ. އެގޮތުން، 1،813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި ލުމުގެ އިތުރުން 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރާއި ނުވަ މަސް ދުވަހުން ނިންމާ ގޮތަށް 679 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއާއެކު ސަރުކާރުން ވަނީ ނައިފަރުގައި 800 ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމާފައެވެ.

  ނައިފަރު ބިން ހިއްކުމުގެ އަމަލި މަސައްކަތް މިއަދު ފަށަނީ. -- ފޮޓޯ: އެމްޓީސީސީ

ނައިފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ނައިފަރުގެ ބިން ފުރިފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ބޯހިޔާވަހިކަން ބޭނުންވެފައިވާއިރު، އިގްތިސާދީ މަސައްކަތް ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައިވާ ކަމަށާއި، މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުންނާ ގުޅިފައިވާ ނައިފަރަށް އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. 

އަދި އެ މަޝްރޫއަށް ވަރަށް އިސްކަން ދެއްވާނެ ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ ނައިފަރު ރައްޔިތުންނާ ބައްދަލުކުރެއްވި ދެ ފަހަރުގައި ވެސް ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަން ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުންނަވާ ކަމަށް ވިދާޅުވެފައެވެ. 

މިއަދު ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމާއެކު، ނައިފަރުގައި އެޅުމަށް ހަމަޖެހިފައިވާ 800 ހައުސިން ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ރޭގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ.

އަދި އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެއިރު، ބާކީ 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް 2027 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވެއެވެ. 

 މި މަޝްރޫއަކީ ރަށުގެ ބޯހިޔާވަހިކަމާއި އިގްތިސާދީ ދަތިކަން ހައްލުކުރުމަށް ނައިފަރު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ފެށުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނައިފަރުގައި 800 ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއެއް ފެށުމަށް ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ