ރެއަރ އާތު މިނެރަލްސް ހޯދުމުގެ މަސައްކަތް ކުރަނީ... ފޮޓޯ: ރޮއިޓާސް
ދުނިޔެ
28 Oct 2025 | 17:26
ރެއަރ އާތްސް ހޯދަން ޗައިނާއަށް ބަރޯސާވުން ޔޫރަޕުން ކުޑަކުރަނީ

އެންމެ ފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތައް ހެދުމަށް ބޭނުންވާ ރެއަރ އާތު މެޓީރިއަލް ހޯދުމަށް ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށް ޔޫރަޕުން މަސައްކަތްކުރަމުން އަންނަކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސަލާ ވޮން ޑަރ ލެޔަން ވިދާޅުވެއްޖެއެވެ.

ރެއަރ އާތު މެޓީރިއަލްސްއަކީ ފަހުގެ ޓެކްނޮލޮޖީތަކާއި އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމަށް ބޭނުންވާ އެކިއެކި މައުދަންތަކާއި މިނެރަލްތަކެވެ. މޮބައިލް ފޯނުން ފެށިގެން އިލެކްޓްރޯނިކް ކާރުތަކާއި ހަމަޔަށް، ފަހުގެ ހުރިހާ އުފެއްދުންތަކެއްގައި ރެއަރ އާތު މެޓީރަލް ބޭނުންކުރެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި މައުދަންތަކާއި މިނެރަލްތައް މައިންކުރިނަމަވެސް ޗައިނާއަކީ މިބާވަތްތައް އެންމެ ގިނައިން ނަގާ އެއް ގައުމެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފް ބޮޑުކުރުމުގެ އަމަލުތަކާއި ދެކޮޅަށް، ޗައިނާއިން ވަނީ އެގައުމުން ރެއަރ އާތު މިނެރަލްސް ބޭރުކުރުން ކޮންޓްރޯލްކޮށްފައެވެ. އެއާއެކު ޔޫރަޕާއި އެމެރިކާގެ އިލެކްޓްރޯނިކް، ސައިންޓިފިކް އަދި އެހެނިހެން ދާއިރާތަކުގެ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަން އިން މިހާރު މަސައްކަތްކުރަމުން ދަނީ އޮސްޓްރޭލިއާ، ކެނެޑާ، ޗިލީ، ގްރީންލެންޑް، ކަޒަކިސްތާން އަދި އުޒްބެކިސްތާނާއި ޔޫކްރެއިން އިން ރެއަރ އާތު މެޓީރިއަލް ހޯދުމަށް، އެގައުމުތަކާއެކު އެއްބަސްވުންތަކަށް އައުމަށެވެ. ހަމައެއާއެކު ޔޫރަޕުގައި އުފައްދާ ޕްރޮޑަކްޓްތަކުގައި ބޭނުންކުރާ ރެއަރ އާތު މެޓީރިއަލްތަކަކީ ވީހާވެސް ގިނައިން ރީޔޫޒް ކުރެވޭ ތަކެއްޗަށް ހެދުމަށްވެސް ޔޫރަޕުން ވަނީ ޕްލޭންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް