ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަދި ކުރީގެ މެންބަރު އަލްހާން ފަހުމީ --
ހަބަރު
30 Oct 2025 | 10:57
އަލްހާނުގެ ކުންފުނިން މީހުންނަށް ބަދަލުދިނުމުން ދައުވާ ކުރިޔަށް ނުގެންދަން ނިންމައިފި

ކުރީގެ މަޖިލިސް މެންބަރު އަލްހާނު ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި ހިންގި ސްކީމާއި ގުޅިގެން ގެއްލުނު ލިބުނު ފަރާތްތަކަށް ބަދަލުދިނުމުން, އެ މައްސަލައިގެ ދައުވާ ކުރިޔަށް ނުގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި މައްސަލައަކީ އެކި މީހުންގެ އަތުން ފައިސާނަގައި، އެ ފައިސާއަށް ފައިދާ އިތުރުކޮށްގެން ބަދަލުދިނުމުގެ ނަމުގައި މެންބަރު އަލްހާން އަދި އޭނާގެ ކޮއްކޮ ޝަޒްބާން ފަހުމީ އާއި ޝަހުބާން ފައުމީ ގުޅިގެން ހިންގި ކުންފުނިން އިންވެސްޓްމެންޓް ސްކީމެއް ތަޢާރަފްކޮށް، އޭގެން ލިބުނު ފައިސާ ލޯންޑާކުރިކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި ގެއްލުންވެގެން ބަދަލު ހޯދުމަށް 13 ފަރާތަކުން މައްސަލަ ހުށަހެޅިއިރު، އެ ފަރާތްތަކަށް ބަދަލުދީ ޚަލާސްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު އެ ފަރާތްތަކަށް ބަދަލުދެވިފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް ޕީޖީން މިއަދު ވަނީ ބުނެފައެވެ.

އެހެންކަމުން އެ މައްސަލައިގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، އެ މައްސަލައިގައި ކޯޓަށް ހުށަހެޅި ޓެކުމުގެ ކުށުގެ 13 ދަޢުވާ އިތުރަށް ކުރިޔަށް ގެންދިޔުމުގެ މަސްލަހަތު ނުފެންނަ ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ބަދަލު ލިބެންޖެހޭ އިތުރު ފަރާތްތަކުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި، އެ ތަހުގީގުތައް ނިމި ޕީޖީއަށް ހުށަހެޅުމުން އެ މައްސަލަތަކުގެ ދައުވާތައް ކުރިޔަށް ގެންދާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

"އެހެންކަމުން، މި މައްސަލާގައި ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި އެބަ ކުރިއަށްގެންދަމެވެ،" ޕީޖީން ބުންޏެވެ.

އަލްހާނުގެ ތިން ބެއިންގެ މައްޗަށް މި ދައުވާތައް އުފުލީ 2021 އަދި 2022 ވަނަ އަހަރުގެ ތެރޭގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ އިންވެސްޓްމެންޓް ސްކީމުގެ ތެރެއިން އެކި މީހުން އިންވެސްޓްކުރި ފައިސާއަށް ވާ ބަދަލު، އެ މީހުންނަށް ދީފައިނުވުމުންނެވެ. 

އެގޮތުން އެ މައްސަލައިގައި އަލްހާން އޭރު ބުނި ގޮތުގައި އެ ފައިސާ ނުދެވުނީ، އޭނާގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހިންގި މުއާމަލާތްތަކަކީ ޤާނޫނާއި ޚިލާފު މުއާމަލާތްތަކެއް ކަމުގައި އެމްއެމްއޭއިން ބުނެ، އޭނާގެ ކުންފުނީގެ ބޭންކް އެކައުންޓްތައް މަރުކަޒީ ބޭންކުން ފްރީޒްކުރުމުންނެވެ. 

އެގޮތުން އޭރު ވެސް އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ޕީޖީން މީގެ ކުރިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ